November 22, 2024 06:22
Advertisement

-Advertisement-

ރައްޓެހިން ދުރަށް ދަނީތަ؟ މިކަން ހައްލުކުރާނީ ކިހިނެއް؟

ގާތް ރަހުމަތްތެރިން ދުރުވާހެން ހީވާނަމަ އެކަމާ ދެރަވާ މީހުން އުޅެއެވެ. އެކީގައި ގިނަ ވާހަކަތައް ހިއްސާކޮށްލާ ގިނަ ސިއްރުތައް ކިޔާދީފައި ހުރި މީހެއްނަމަ އަބަދުވެސް އެމީހަކާއެކު ބޭރަށް ގޮސްލާ ފޯނުން ގުޅާލައި އެދުވަހެއްގައި ދިމާވި ހާދިސާތައްވެސް ހިއްސާކުރެއެވެ. ބައެއްފަހަރު މިހެން އުޅެފައި ކުއްލިއަކަށް ދުރުވެއްޖެނަމަ ވަރަށް އަސަރުކުރެއެވެ. 

ރައްޓެހިން އެކަކު އަނެކަކާ ދުރުވާން ދިމާވަނީ ކީއްވެތޯ ބަލާލުން މުހިންމު:

އަބަދު ގާތުގައި އެއްތަނެއްގައި އުޅޭ ރަހުމަތްތެރިއެއް ނުވަތަ އެންމެ އެކުގައި އުޅޭ މީހާ އުޅޭ ރަށް ނުވަތަ ގައުމު ބަދަލުވެއްޖެނަމަވެސް ދުރުވެއެވެ. ނުވަތަ އެއް އޮފީހެއްގައި އުޅުމަށްފަހު ވަކި އޮފީހަކަށް ބަދަލުވުމުންވެސް ދުރުވެއެވެ. އެކަކު އަނެކަކާއި ދިމާނުވެ ވާހަކަނުދެކެވި ގިނަދުވަސް ހޭދަވުން މިއީ ބައެއްހާލަތްތަކުގައި ބައެއް މީހުންނަށް ދިމާވާ މައްސަލައެކެވެ.

Advertisement

ދެވަނަ ސަބަބެއްގެ ގޮތުގައި ފާހަގަ ކުރެވެނީ ކުއްޖަކާ ރައްޓެހިވުން ނުވަތަ މީހަކާ އިދެވުމުންވެސް ކުރިން އެކީގައި އުޅުނު ރަހުމަތްތެރިންނާއި އޮންނަ ގުޅުމަށް ބަދަލު އާދެއެވެ. ބައެއްފަހަރު ދިރިއުޅުމަށް އަންނަ ބޮޑު ބަދަލު ގުޅިފައިއޮންނަނީ ދިރިއުޅުމުގެ އެހެންހުރިހާ ކަމަކަށް ބަދަލުއަންނަ ކަމަކަށެވެ. 

އައު ރަހުމަތްތެރިއަކު ލިބި އެރަހުމަތްތެރިޔާ މާރަނގަޅުހެން ހީވެ އެރަހުމަތްތެރިޔާއާއިއެކު ވަގުތު ހޭދަކުރުން ގިނަވެއްޖެނަމަ ކުރިން އެކީގައި އުޅުނު ރަހުމަތްތެރިންމަތިން ހަނދާންނެތޭ ފަހަރު އާދެއެވެ. އޭނާ ކޮށްދޭ ބައެއް ކަންކަން ކުރީގެ ރަހުމަތްތެރިޔާ ކޮށްދޭ ކަންކަމަށްވުރެ ރަނގަޅުވެ އެކަންކަން އަޅާކިޔަން ފަށައިފިނަމަ ރަހުމަތްތެރިޔާއާއި ދުރުވެވެއެވެ.

ހަޔާތުގައި އިތުރު ކަންމުގައި ވަގުތު ހޭދަކުރުން މިސާލަކަށް ކުރިން އުޅުނުއިރަށްވުރެ ބިޒީވެ އިތުރު ކަންކަމުގައި މަސްއޫލުވެ އުޅެންފެށުމުން ވަގުތު ނުދެވުމުންވެސް ރަހުމަތްތެރިކަމަށް ބުރޫއަރަން ފަށައެވެ. ނޫންނަމަ ތިމާ ކުރާހިތްވާ ކަމެއް ރަހުމަތްތެރިޔާ ކުރާހިތްނުވެއްޖެނަމަވެސް ދެމީހުންގެ ޚިޔާލުތަފާތުވުމުންވެސް ދުރުވެއެވެ. މިސާލަކަށް ޖިމަށް ދާހިތްވާ މީހަކު ޖިމަށްދާން ފަށާއިރު އޭނާގެ ރަހުމަތްތެރިޔާ ޖިމަށް ދާން ބޭނުން ނުވާނަމަ އެދެމީހުން އެކުގައި ހޭދަކުރާ ވަގުތުތައް މަދުވެއެވެ. މިހެންގޮސް އެއްކަހަލަ ކަންކަމަށް ޝައުގުހުންނަ މީހުންގެ ރަހުމަތްތެރިކަން ގިނަދުވަހަށް ދެމިއޮވެއެވެ.

ގިނަގިނައިން ކޮފީއަށް ދާން ބޭނުންވާ ރައްޓެއްސެއްނަމަ ބޭނުންވާނީ އެކީގައި އުޅޭ މީހުންވެސް އެގޮތަށް ކޮފީއަށް ދާށެވެ. މިފަދަ ކަންކަމަށް ވަގުތު ނުދެވޭނަމަ ދެން ބޭނުންވާނީ އެކީގައި ކޮފީއަށް ދެވޭވަރުގެ ރައްޓެހިން ހޯދާށެވެ.

އިސްވެދިޔަ ކަމަކުންކުރެކަމެއް ދިމާވެ ނުވަތަ އެނޫންވެސް އެހެން ސަބަބަކާއިހުރެ ރަހުމަތްތެރިޔާއާއި އޮންނަ އެކުވެރިކަމަށް ބުރޫއަރާ ގޮތްވެއެވެ. މިއަށް ކިޔަނީ ވަގުތު ނުދެވުމުން ޝަކުވާކުރުން ނުވަތަ ތިމާއަށްވުރެ އެހެން ހުރިހާ ކަންކަން މުހިންމުވުމުން ތިމާގެ ރަހުމަތްތެރިޔާއާއި ދެމެދު ހިތްހަމަނުޖެހުން ފާޅުކުރުމެވެ. މިއިން ހާލަތެއް ދިމާވުމުން ރަހުމަތްތެރިޔާއާއި ދޭތެރޭ ކަންކުރާނީ ކިހިނެއްތޯ ބަލާލަމާ ހިނގާށެވެ.

އެކުވެރިޔާ ނެތުމުން ކުރާ އަަސަރު ބަޔާންކޮށްދިނުން:

ރަހުމަތްތެރިޔާއާއި ކޫސަނި މައްސަލައެއް ޖެހިގެން ދުރުވެވިއްޖެނަމަ އެކުގައި އުޅުނު ދުވަސްތަކުގެ ތެރެއިން މަޖާ ދުވަސްތަކާއި، އެންމެ ހަނދާން ހުންނަ ދުވަހެއް ނުވަތަ ކަމެއް ބަޔާންކޮށްދޭށެވެ. އަދި އެކަންކަން ހަނދާންވުމުން ވަރަށް ދެރަވާވާހަކަ ބުނެދޭށެވެ. އަދި އަލުން އަނބުރާ އެކުވެރިކަން ބޭނުންވާކަމަށް ބުނެދީ މާފަށް އެދޭވަރުގެކަމެއް ވެއްޖެނަމަ މާފަށް އެދޭށެވެ. 

ރަހުމަތްތެރިޔާއަށް ވަގުތުކޮޅެއް ދޭށެވެ!

މައްސަލަޖެހުނު ކަމުގައިވިޔަސް އިސްވެ ވާހަކަދައްކަނީ ކާކުތޯ ބަލަން ނުހުންނާށެވެ. އެހެންނަމަވެސް ރުޅިއައިސްފައި ހުއްޓާ ވާހަކަދައްކައި މައްސަލަ ހައްލުކުރަން ނޫޅޭށެވެ. އޭރުން އެހާ ރަނގަޅު ނަތީޖާ ނުފެނިދާނެއެވެ. މައްސަލަ ޖެހުމަށްފަހު ސިކުނޑި ހަމައަކަށްއެޅި ރަނގަޅަށް ވިސްނެން ވަގުތުކޮޅެއް ނަގައެވެ. އެއަށްފަހު ވާހަކަދެއްކުމުން އެކަމަށް މާފުކުރާށެވެ. އެއީ މާފުކުރުމަކީ އިސްލާމްދީނުގެ ރިވެތި އާދައެއްވެސްމެއެވެ. 

ތިބާއަށް ތައުރީފުކޮށް އޭނަ ކޮށްދިން ކަންކަމަށް ޝުކުރު އަދާކުރާށެވެ!

ރަހުމަތްތެރިއެއްގެ ގޮތުގައި އުޅުނު ދުވަސްތަކުގައި ވެދީފައިވާ އެހީތެރިކަމާއި ދީފައިހުރި ނަސޭހަތްތަކުގެ ސަބަބުން ހަޔާތަށް ހެޔޮ ބަދަލުތަކެއް އައިސްފިކަން ހާމަކޮށް އެކަމަށް ތައުރީފުކުރާށެވެ.

 

މައުލޫމާތު:ކިޑްސްހެލްޕްފޯން.ސީއޭ-ގެޓް-އިންފޯ

+1
1
+1
3
+1
2
+1
0
+1
1
+1
0
+1
1

Advertisement

ގުޅުންހުރި ލިޔުންތައް