November 22, 2024 09:36
Advertisement

-Advertisement-

ހިނިތުންވުމުން މަހުރޫމުވެފައިވާ ކުޑަކުއްޖެއްގެ އަސަރުގަދަ ވާހަކަ

ލަންޑަނަށް އުފަން އުމުރުން އެންމެ 14 އަހަރުގެ ޖަސްޓިން ޓިއަނަން ރީސްއަކީ އުފެދުމުގައި ހުރި ބައްޔެއްގެ ސަބަބުން ހިނިތުންވުމުން މަހްރޫމުވެފައިވާ ލޯބި ކުއްޖެކެވެ. ދުނިޔޭގައި މަދުން ނޫނީ ނުފެންނަ ބައްޔެއް ކަމަށްވާ 'މޮއެބިއަސް ސިންޑްރޯމް'ގެ ސަބަބުން ހިނިތުންވުމުގެ ނަސީބު ނުލިބި އުފަންވެފައިވާ މިކުއްޖާގެ އިހްސާސްތައް މިކުއްޖާގެ މަންމަ ޖެސިކާ ހިއްސާކޮށްފައިވެއެވެ. ޖެސިކާއަކީ އެކުއްޖާގެ ޒިންމާ އެކަނިމާއެކަނި އުފުލަމުން އަންނަ ކުޅަދާނަ މައެކެވެ.

މިއީ ދުނިޔޭގައި 4 މިލިއަނުން އެކެއްގެ ގައިން ފެނިފައިވާ ސިންޑްރޯމެކެވެ. މީނާގެ މަންމަ ޖެސިކާ ކިޔައިދިން ގޮތުގައި މިއީ ކިތަންމެ ހިތްދަތި ކަމެއްކަމުގައިވިޔަސް މިއަދާއި ހަމައަށްވެސް މިކުއްޖާއަށް ލިބެންޖެހޭ އެއްވެސް ލޯތްބަކުން މަހުރޫމެއް ނުވެއެވެ. މިއީ މޫނުގެ އެއްފަޅި ވާގިނެތުމުގެ ސަބަބުން ދިމާވާ ނުކުޅެދުންތެރިކަމެކެވެ. ޖެސީ ބުނިގޮތުގައި އޭނާގެ ދަރިފުޅު އޭނާގެ ގާތުގައި ވަރަށް ދެރަވެލާފައި ބުނެލާނެ "މަންމާ ކީއްވެތަ އަހަރެންނަށް ހިނިތުން ނުވެވެނީ. އަހަރެން ބޭނުންވޭ ފޮޓޯތަކުގައިވެސް ހީލާފައި ހުންނަން" މިޖުމްލަތަކުން ޖެސީގެ ހިތް ކުދިކުދި ވެގެންދެއެވެ. އެހެންނަމަވެސް އެކަމާމެދު ޖަސްޓިން ދެރަވާވަރުން އެއްޗެއް ބުނުމުގެ ބަދަލުގައި މަޖާވެލާފައި ޖެސީ އޭނާގެ ދަރިފުޅާ މުޚާތަބު ކުރެއެވެ. "ދަރިފުޅާ ހިނގާދޯ ފޯނުގައި ހުންނަ އެޕްލިކޭޝަނުން ހިނިތުންވެގެން ފޮޓޯ ނަގަން އެގޮތަށް މާރީތި ވެސް ވާނެ" މިކަހަލަ ބައެއް ކަންކަން ކޮށްލަދީ އެކަމުގައި ޖެސީވެސް ބައިވެރިވެެލާ އޭނާގެ ދަރިފުޅު ހިތްހަމަ ޖައްސާލަދެއެވެ. އޭނާއަށް ޖަސްޓިން ލިބިފައިވަނީ އުމުރުން އެންމެ 17 އަހަރުގައި ކަމަށްވުމުން އެހާ ޅައިރުގައި ކުއްޖަކު ބަލާ ބޮޑުކުރުމުގެ މާބޮޑު ތަޖުރިބާއެއްވެސް ލިބިފައި ނުވާކަމަށް ފާހަގަކުރިއެވެ.

ޖަސްޓިން ދުނިޔެއަށް އުފަންވުމާއެކު ނޭވާލާން އުދަގޫވާކަން ފާހަގަކުރެވުނެވެ. ޖަސްޓިންއަށް ބަލިވެއިދެ 22 ވަނަ ހަފްތާގަައި ހެދި ސްކޭނުން ހަމައެކަނި ފާހަގަކުރެވުނީ ފައިތިލައިގައި އައިބެއް ހުރިކަމެވެ. އިތުރު ކަމެއް ފާހަގަކުރެވިފައި ނެތެވެ. ވިހެއުމާއެކު ދަރިފުޅުގެ ކިބައިން ފެންނަންފެށި ކަންކަމާމެދު ޑޮކްޓަރުންވެސް ފުރަތަމަ ތިބީ ބުނާނެ އެއްޗެއް ނޭނގިފައެވެ. މިއީ ކިހިނެއްވާކަމެއްކަމާއި މިއީ ކޮންކަހަލަ ސިންޑްރޯމެއްކަންވެސް ފާހަގަކުރަން އުދަގޫވިއެވެ. ޑޮކްޓަރ ބުނީ "ބޭބީ ހީވަނީ ޑޯލްއެއްހެން، އަދި އެހާމެ ލޯބިވާކަހަލަ ޑޯލްއެއްކަމަށް". ފުރަތަމަ ނަޒަރުންވެސް ލޯބިވެވިއްޖެކަމަށް ބުނެ ޑޮކްޓަރު އަވަސްވެގަތީ ޖަސްޓިންގެ ބަލީގެ ހަގީގަތް ހޯދާށެވެ. އަދި އެކަމުގެ ހަގީގަތް ހޯދުމަށްފަހު އޭގެ ސަބަބުވެސް ކިޔާދިނެވެ. މޫނުގައި ހުންނަ ނާރުތައް ބަލިކަމާއި އެކަމުގެ ސަބަބުން ކާންދޭންވެސް އުދަގޫވާނެ ކަމެވެ. ކޮންމެ މަޔަކުވެސް ބޭނުންވާނީ އޭނާގެ ދަރިފުޅު ދުނިޔެއަށް އުފަންވުމާއެކު އެދަރިފުޅު ހިނިތުންވެލާފައި އޮންނަ މަންޒަރު ދެކިލާށެވެ. އެހެންނަމަވެސް  ޖެސީ އެވަނީ އެފުރުސަތުން މަހްރޫމުވެ ދިރިއުޅުމުގައި ބޮޑު ގޮންޖެހުމަކާއި ކުރިމަތިވެފައެވެ. މިއީ ޖެސީގެ އަލަތު ދަރިފުޅު ލިބުމުގެ ދަތުރު ފެށި ދުވަހު ކަންތައް ދިމާވިގޮތެވެ. އެދުވަހު އޭނާ ނެރުނު ހިތްވަރާއި ފަންވަރުން އެދަރިފުޅަކީ އެހެން ކުދިންނާ އެއްފަދަ ކުއްޖަކަށް ހެދުމަށް ބޭނުންވިއެވެ. މުޖުތަމައުގައި ބާކީވެފައި ތިބޭ ކުދިންފަދަ ކުއްޖަކަށް ވެގެން ނުދިއުމަށް  ޖެސީގެ ހިތުގައި އަޒުމު ކަނޑައެޅިއެވެ. ފުރަތަމަ ފަހަރަށް ބޭބީއަށް 'ފީޑް' ކުރަންވެސް ޖެހުނީ ޑޮކްޓަރުންގެ ލަފާގެ މަތިން ޓިއުބެއްގެ އެހީގައެވެ. އަދި ކަރުގައި ތާށިވެދާނެކަމާމެދު ޖެހިލުންވެ ހުރެ އެކަންވެސް ކުރީ ވަރަށް ހިތްވަރާއެކު ޑޮކްޓަރުންގެ އެހީގައެވެ.

Advertisement

އުމުރުން 4 އަހަރުވަންދެން އެއްވެސް ވާހަކައެއް ނުދެއްކި އެދަރިފުޅު ގެންގުޅުނީ ވަރަށް އުދަގުލުގައެވެ. 4 އަހަރުވުމުން ވާހަކަ ދައްކަން ފެށުމުން ޖެސީގެ ހިތުގައި އުފާވެރިކަން އާލާވެގެން ދިޔައެވެ. އެހެން ކުދިންނެކޭ އެއްފަދައިން ޖަސްޓިންވެސް ސްކޫލަށް ވައްދައި އެތަނުގައި އެންމެންގެ ލޯބިވެސް ލިބެންފެށިއެވެ. އަދި ރައްޓެހިންވެސް ލިބި ޖަސްޓިން އެހެންކުދިންނާ އެކުގައި އުޅޭ މަންޒަރު ފެނުމުން ޖެސީގެ ހިތަށް ލިބެމުންދިޔަ އުފާވެރިކަން ބުނެދޭންވެސް ނޭނގެއެވެ. ޖެސީ ބުނިގޮތުގައި ފަހުންފަހުން އައިސް ޖަސްޓިންގެ އަމިއްލަ ޓެކްނިކްސް ބޭނުންކޮށްގެން އަމިއްލައަށް ކައިވެސް ހަދައެވެ. ޖެސީގެ ހަޔާތުގައި އެންމެ އުފާވި ދުވަހަކީ ޖަސްޓިންގެ އުމުރުން 6 އަހަރުގައި "މަންމާ" އޭ ކިޔާފައި ގޮވާލި ދުވަހެވެ. އެދުވަސް އަބަދުވެސް ހަނދާން ހުރެއެވެ.

ޖަސްޓިންއަށް ބަލީގެ ވާހަކަތައް ކިޔައިދީ އެކަމަށް ހޭލުންތެރިކުރުވައި އެއީ ހަމައެކަނި ޖަސްޓިން އެކަނި ތަހައްމަލު ކުރަމުންދާކަމެއް ނޫންކަންވެސް ކިޔައިދީ އަދި މިބަލި ތަހައްމަލު ކުރަމުންދާ މަދު ބައެއްގެ ވާހަކަ އިންޓަނެޓުން ބަލައި އެމީހުންގެ ވާހަކަތައްވެސް ކިޔައިދެމުން ގެންދިޔައެވެ. ޖަސްޓިންއަކީ އެހެން ކުދިންނާ ތަފާތު ކުއްޖަކަށް ނުހެދުމަށް މީހުންގެތެރެއަށް ގެންގޮސް މީހުންނާ ކުރިމަތިލާން ދަސްކޮށްދީ މި ސިންޑްރޯމްއާއި ގުޅޭގޮތުން މީހުން ހޭލުންތެރިކުރުވައެވެ. މިކަމަށް މީހުން ހޭލުންތެރިވެ ޖަސްޓިން ކަހަލަ ކުދިންނާއެކު މުޖުތަމުގައި އުޅެން ދަސްކޮށްދިނުމަށް ޖެސީގެ ރޯލު ބޮޑެވެ.

 

މައުލޫމާތު: ޑެއިލީ މެއިލް ޑޮޓް ކޮމް     

+1
1
+1
1
+1
0
+1
0
+1
1
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް