Advertisement
header ad
XeeTimesXeeTimes
މޫނުގައި ހުންނަ ކަޅުތަންތަން ބޮޑަށް ކަޅުވާ ސަބަބުތައް ސިއްޙަތު

މޫނުގައި ހުންނަ ކަޅުތަންތަން ބޮޑަށް ކަޅުވާ ސަބަބުތައް

ދިރިއުޅުމުގެ ވައްޓަފާޅި ހުންނަ ގޮތުގެ ސަބަބުން ނުވަތަ އާދަކާދަ ގެންގުޅޭ ގޮތުން މޫނު ކަޅުވެ ލައްޖެހުމުގެ މައްސަލަދިމާވެއެވެ. މިކަމަކީ ގިނަބަޔަކު ކަންބޮޑުވާ މައްސަލައަކަށްވެފައި މިކަން ހައްލުކުރަން އުދަގޫވާ ބައެއް ސަބަބުތަކަކީ ކޮބައިތޯ ބަލާލާނަމެވެ. ދިރިއުޅުމުގެ އާދަކާދަ ވަކި ގޮތަކަށް ބައްޓަން ކޮށްގެން ނޫނީ ބައެއްކަހަލަ ކަންކަމަކީ ހައްލުހޯދޭން ކަންކަމެއް ނޫނެވެ. މިކަންކަން އިތުރަށް ގޯސްވެ މިކަމާމެދު ކަންބޮޑުވެ ޑޮކްޓަރަށް ދެއްކުމުންވެސް ހައްލު ނުލިބޭ މީހުންވެސް ވަރަށް ގިނައެވެ. ތަފާތު އެކި ވައްތަރުގެ ކްރީމްތައް އުނގުޅި ނަމަވެސް އެކަމުން ހައްލެއް ނުލިބެއެވެ. އޭގެ ކުރިން މިކަމަށް ރައްކާތެރިވުން ބުއްދިވެރިއެވެ. ފަހަކަށްއައިސް 'މެލަސްމާ' ފަދަ ހަމުގެ މައްސަލަތައް ވަރަށް ގިނަ މީހުންނަށް ދިމާވެއެވެ.

އަންހެނުންގެ ހޯމޯނަށް އަންނަ ބަދަލުގެ ސަބަބުން

މާބަނޑުދުވަސްވަރު މެލަސްމާގެ އުދަގޫ ބައެއް އަންހެނުންނަށް ދިމާވެއެވެ. ނުވަތަ ދޭތެރެ ދުރުކުރާ ބޭސް ބޭނުންކުރުމުންނާއި މައްސަރު ކަންތައް ދިމާވުމުންވެސް މިމައްސަލަ ދިމާވެއެވެ. މިހެން ދިމާވުމުން ދެން އިތުރަށް މިކަން ހައްލުކުރާނެ ގޮތްތަކަކީ ކޮބައިތޯބަލައި ދިރާސާ ކުރަން ފަށައެވެ. ޑޮކްޓަރީ ބޭހުންނާއި ލޭޒަރ ހަދައިގެންވެސް މިކަމަށް ފަރުވާހޯދާ މީހުން ވަރަށް ގިނައެވެ. ބައެއް އަންހެނުން އިއްދައިން ކެނޑެން ކައިރިވުމުންވެސް މިމައްސަލަ ދިމާވެއެވެ.

Article - in content
Advertisement

ކުޅިވަރުކުޅުމާއި މޫދަށް އެރުމުގެ ސަބަބުން އަވީގައި ގިނަ ވަގުތު ހޭދަކުރުން

ކަސްރަތުކުރުމާއި އެކިކަހަލަ ކުޅިވަރުތައް ކުޅުމުގައި ގިނަ ވަގުތު އަވީގައި ހޭދަކުރާނަމަ އެކަން ބަދަލުކުރުން މުހިއްމެވެ. އަލްޓްރާ ވައިލެޓްގެ ސަބަބުން ހަންގަނޑު ހަލާކުކޮށްލައި ހަންގަނޑު އަނދައެވެ. މިހެން ވުމުގެ ކުރިން އަވީގައި އުޅެން ބޭނުންނަމަ ސަންސްކްރީން ބޭނުންކުރުމަކީ ވަރަށް އެދެވިގެންވާ ކަމެކެވެ. މަދުވެގެން އެސްޕީ އެފް 30 ހުންނަ ވަރުގެ ސަންސްކްރީން ބޭނުންކުރުމަށް ސިއްހީ މާހިރުންވެސް ވިދާޅުވެއެވެ.

މާގިނަ ވަގުތު ސްކްރީނަށް ބެލުން

ޓީވީ ލެޕްޓޮޕް އަދި ފޯނުގައި ގިނަވަގުތު ހޭދަކުރާނަމަ އޭގައި ހުންނަ ނޫއަލީގެ ސަބަބުންވެސް ހަންގަނޑަށް ވަރަށް ގިނަ ގެއްލުންތައް ލިބެއެވެ. ހަންގަނޑު ހަލާކުވެ މޫނުގައި ތަންތަންގަނޑު ކަޅުވާން ފަށައެވެ. ނޫއައްޔަކީވެސް ހަމަ އެހާމެ ގެއްލުން ބޮޑު އައްޔެކެެވެ. ރޭގަނޑުގެ ވަގުތު ލަހުން ނުނިދާ ހޭދަކުރުމާއި އަދި އޭގެ ބަދަލުގައި ފޯނު ނުވަތަ ލެޕްޓޮޕް ހިފައިގެން އުޅޭނަމަ މޫނުގައި މެލަސްމާގެ މިންވަރު އިތުރުވެގެންދެއެވެ.

ކެއްކުމަށް ބޭނުންކުރާ ބައެއްކަހަލަ ބާވަތްތަކުގެ ސަބަބުން

ކެއުމުގައި ބޭނުންކުރާ ފޮނިތޮށި އަދި ޕެޕްރިކާގެ ސަބަބުންވެސް މެލަސްމާއަށް މަގުފަހިވެގެންދާ ކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ. ހަމުގެ މައްސަލަ ދިމާވާނަމަ މިކަހަލަ ބާވަތްތައް މަދުކުރުން މުހިއްމެވެ.

ފިލްޓަރ ނޫން ފެނުން މޫނުދޮވުން

މޫނުގެ ހަންގަނޑަކީ ވަރަށް ނާޒުކު އެއްޗަކަށްވާއިރު ހަންގަނޑަށް ބޭނުންކުރުން އެންމެ އެދެވިގެންވަނީ ފިލްޓަރކޮށްފައި ހުންނަ ފެނެވެ. އެހެންނޫންނަމަ މޫނުގެ ހަންގަނޑަށް ތަފާތުގޮތްތައް ދިމާވުން އެކަށީގެންވެއެވެ.

 

މައުލޫމާތު: ސީ ޑޮޓް މާޝަބަލް ޑޮޓް ކޮމް

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —