November 22, 2024 02:23
Advertisement

-Advertisement-

އޮފީހުގެ މަސައްކަތުގައި އުޅޭއިރު ނިދިއަންނަނަމަ ސަމާލުކަންދޭންވީ ކަންތައްތައް

އޮފީހެއްގައި މަސައްކަތްކުރި ނަމަވެސް ނުވަތަ އޮންލައިންކޮށް ގޭގައި މަސައްކަތްކުރި ނަމަވެސް އަދި މީގެއިތުރުން ކިޔެވުން ކަމުގައިވިޔަސް ނިދި އަންނަނަމަ މަސައްކަތުގެ ހަލުވި މިނަށް ބުރޫއަރައެވެ. ގިނަފަހަރަށް ހަމަ ނިދި ނުލިބުމާއި އާއްމުކޮށް ކުރަންޖެހޭ ވަރަށް އަރާމު ނުކުރުމުންވެސް މިކަހަލަ މައްސަލަތައް ދިމާވެއެވެ. ދިރިއުޅުމުގެ އާއްމު ހާލަތު ހުންނަގޮތުން ވަގުތު ހޯދުން ދަތިވެ ކުރަން ހުންނަ ކަންކަން ގިނަވެއެވެ. ޚާއްސަކޮށް ދިރިއުޅުމެއް ފަށައިގެން އާއިލާއާއިއެކު ދަރިންގެ ކަންކަން ބަލަމުން ގެންދާ މީހުންނަށް ދުވާލުގެ ވަގުތުތަކުގެ ތެރެއިން އެއްވެސް ވަގުތެއް ހުސްނުވެވެސް ދެއެވެ. މިކަހަލަ އެތައް ސަބަބުތަކަށްޓަކައި މަސައްކަތުގެ މާހައުލުގައި ނިދިއައިސް ވަރުބަލިވެއެވެ. މިކަމުން ދުރުވެލުމަށްޓަކައި ކުރެވިދާނެ ބައެއް ކަންކަން ތިރީގައި މިވަނީއެވެ، 

ސިކުނޑިއަށް ތާޒާކަން ގެނުވާ މަދަހައެއް ނުވަތަ މިއުޒިކެއް އަޑުއަހާލުން

މަސައްކަތުގައި އުޅޭ ވަގުތު މާބުރަބޮޑުވެ ސިކުނޑިއަށް ލޯޑުބޮޑުވެގެންވެސް ނިދިއާދެއެވެ. މިއީ ސްޓްރެސްވެގެންގޮސް ހަދާނެގޮތް ހުސްވުމުން ދިމާވާ މައްސަލައެއް ކަމަށްވެސް ބެލެވިދާނެއެވެ. މިހެންވެއްޖެނަމަ ތިމާގެ ހަށިގަނޑު “ކާމް ޑައުން” ވާ ކަހަލަ މަދަހައެއް ނުވަތަ މިއުޒިކެއް ހޯދާލައިގެން އަޑުއަހާލާށެވެ. ނުވަތަ “އޯލް ޓައިމް ފޭވަރިޓް ލަވަ އަލްބަމުން ލަވައެއް އަޑުއަހާލާއި ސިކުނޑި ތާޒާކޮށްލާށެވެ. 

Advertisement

ދުވާލުގެ އަލިކަމަށް ނިކުމެލާށެވެ!

އޮފީހެއްގެ ތެރޭގައި ގުދުރަތީ އަލި ނުލިބި އާޓިފިޝަލް އަލި ލިބޭތަނެއްގައި އިނުމަށްވުރެ ބޭރަށް ނިކުމެލާށެވެ. ދުވާލުގެ ގަދަ އަލިން ސިކުނޑިއަށް ލިބިދޭ ހިތްހަމަޖެހުމާއި ތާޒާކަން އިތުރުވެއެވެ. މާހޫނުގަދަވެ ބޭރަށް ނިކުމެ އުޅެން އުދގޫވާނަމަ ކުޑަދޮރު ހުޅުވާލައިގެން ކޮފީއެއް ބޯލާށެވެ. ސާފުވައިން ހިތަށް އެލިބޭ ހިތްހަމަޖެހުން އެހާމެ ރަނގަޅެވެ. އޮފީހަކީ މޫދު ފެންނަދިމާލެއްގައި ހުންނަ އޮފީހެއްނަމަ މޫދާ ދިމާލަށް ކުރިމަތިލައިގެން ހުރެ ވަގުތުކޮޅެއް ހޭދަކޮށްލާށެވެ. ގުދުރަތީ ސާފުވައިން ލިބިގެންދާ ހިތްހަމަޖެހުމާއި ފައިދާވެސް އެހާމެ ބޮޑެވެ. ނޭނގިނަމަވެސް ހަށިގަނޑަށް ލިބިގެންދާ ލުއި ވަރަށްވެސް ބޮޑެވެ. ސިކުނޑި ހުޅުވި ތާޒާކަން ލިބި މަސައްކަތަށް އިތުރު ހިތްވަރެއް ލިބިގެންދާނެއެވެ. މަސައްކަތުގެ ބާރުމިންވެސް އަވަސްވެފައި ވަރުބަލިކަމާއި ނިދި ފިލައިގެންދެއެވެ.

ޗުއިންގަމް ބޭނުންކުރުން

އޮފީހުގައި އިންނަވަގުތު ކައިރީގައި ޗުއިންގަމް ބަހައްޓާށެވެ. ޗުއިންގަމެއް އަނގައަށް ލައިގެން އިނުމުން ފޫހިވެސް ފިލައެވެ. އަދި ޗުއިންގަމެއް އޮތުމުން އަނގައިގެ ކަސްރަތެއް ކުރެވޭހެންވެސް ހީވެއެވެ. މީގެ ސަބަބުން ހަށިގަނޑު އެލާޓްވެގެން ހުރެއެވެ. މާބޮޑަށް އަޑުމަޑުވެ ހަމައެކަނި މަސައްކަތްކުރާނަމަ ނިދި އައުމަކީ ވަރަށް ގިނަ ހާލަތްތަކުގައި ދިމާވެދާނެ ކަމެކެވެ.

ފިނިފެނުން މޫނު ތެންމާލުން

ނިދިއަންނަނަމަ އައިސްފެންފޮދެއް މޫނަށް ބުރުވާލާށެވެ. އެއަށްފަހު ފަންކާއެއް ކައިރީ އިދެ މޫނު ހިތްކާލާށެވެ. މޫނުމަތި ތާޒާވެ ނިދި ފިލައިގެންދެއެވެ. މަސައްކަތުގެ މާހައުލުގައި އުޅޭއިރު ނަމާދުކުރުމަށް ވުޟޫ ކުރާއިރުވެސް މޫނުަމަތި ތާޒާވެ ނިދިފިލައިގެން ދެއެވެ.

ސިކުނޑިއަށް ތާޒާކަން ގެނުވާކަހަލަ ވަސް ހުންނަ އެއްޗެއް ބޭނުންކޮށްލުން

އާއްމުގޮތެއްގައި އެސެންޝިއަލް އޮއިލްއަކީ ސިކުނޑިއަށް ވަރަށް ތާޒާކަން ގެނުވާއެއްޗެކެވެ. މަސައްކަތްކުރާ މޭޒުމަތީގައި ރޫމް ޑިފިއުޒާ ކަހަލަ ފުޅިއެއް ބަހައްޓާށެވެ. އަދި އޭގެއިން ވަސްބަލާލާށެވެ. ނޫންނަމަ އަތްތިލައިގައި އުގުޅާލުމަށްފަހު ވަސްބަލާލާށެވެ. ކުއްލިއަކަށް ސިކުނޑި ހުޅުވި ތާޒާވެގެންދެއެވެ. މިގޮަތަށް ވަަސްބެލުމަށްޓަކައި ކޮފީ ބީން ކަހަލަ އެއްޗެއް ބެހެއްޓުންވެސް ރަނގަޅެވެ. މިގޮތަށް ވަސްބަލާލާއިރު ޕެޕްރމިންޓް ލެމަންގްރާސް އަދި ކޮފީ ކަހަލަ ވަސްހުންނަ އެއްޗެހި ރަނގަޅެވެ. ބައެއްފަހަރު ހިތްކާފައި ހުންނަ ރޯސްމެރީ ނޫނީ މިންޓް ފަތް ކަހަލަ އެއްޗެއް އަތުގައި އުނގުޅާލުމަށްފަހު ވަސްބަލާލާށެވެ. އައިސްފައި ހުރި ނިދި ފިލައިގެންގޮސް ސިކުނޑި ތާޒާވެގެން ދާނެއެވެ. މިކަންކަން އެއްފަހަރުނަމަވެސް ތަޖުރިބާކޮށްލުން މުހިއްމެވެ

ސްޓްރެޗިން ހަދާލާށެވެ!

މާގިނައރު އިށީއިދެގެން އިންނަނަމަ ނިދިއައުމަކީ އެންމެންނަށްވެސް ދިމާވާކަމެކެވެ. އަދި ސިއްހީގޮތުން ބަލާނަމަ އެއީ އެހާ ރަނގަޅުވެސް ކަމެއް ނޫނެވެ. ކުޑަކޮށް ކޮޅަށްް ތެދުވެލާ ސްޓްރެޗިން ހަދާލާށެވެ. އަދި ޔޯގާ ގައި ހަދާކަހަލަ ބައެއް ކަސްރަތުތައްވެސް ކޮށްލާށެވެ.

މިއިން ކޮންމެ ކަމެއްގައިވެސް އެދެވިގެންވާ ފައިދާތަކެއް ހުރެއެވެ. މަސައްކަތް ހަލުވިވެފައި މަސައްކަތް އަވަހަށް ނިންމަން ބޭނުންނަމަވެސް މިކަންކަން ތަޖުރިބާކޮށްލުން ރަނގަޅެވެ.

މައުލޫމާތު: ވިކިހައި ޑޮޓް ކޮމް

+1
0
+1
0
+1
2
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް