May 12, 2024 22:25
Advertisement

-Advertisement-

އެޕަލްސިޑަރ ވިނެގަރ ބޭނުންތެރި އެތައް ފައިދާތަކެއް ލިބިދޭ

އެޕަލްސިޑަަރ ވިނެގަރއޭ ބުނުމުން އައު އެއްޗަކަށް ނުވެދާނެއެވެ. އެކި ކަންކަމަށް ބޭނުންކޮށްއުޅޭ އެޕަލްސިޑަރ ވިނެގަރ އަކީ ސިއްހީގޮތުން ކިހާ މުހިއްމު އެއްޗެއްބާއޭ ހިތަށްއަރައެވެ. އެޕަލްސިޑަރ ވިނެގަރ އަކީ އާފަލު ޖޫހުން އުފައްދާ އެއްޗެކެވެ. ކެއްކުމާއި ޑްރެސިންއަށާއި މެރިނޭޓް ކުރުމަށްވެސް އެޕަލްސިޑަރ ވިނެގަރ ބޭނުންކުރެއެވެ. އަދި ބައެއްކަހަލަ ހަކީމީ ބޭހާއި އެހެނިހެން ކަންކަމަށްވެސް އެޕަލްސިޑަރ ވިނެގަރ ބޭނުންކުރެއެވެ. މީގައިން ލިބޭ ސިއްހީ ފައިދާތައްވެސް ވަރަށް ގިނައެވެ.

ބްލަޑް ޝުގަރ ލެވެލް ދަށްކޮށްދޭ

ހަކުރުބަލި ހުންނަ މީހުންގެތެރޭގައި ހެދި ދިރާސާއަކުން ދައްކާގޮތުގައި އާއްމުގޮތެއްގައި އެޕަލްސިޑަރ ވިނެގަރ ބޭނުންކުރާ މީހުންގެ ހަށިގަނޑުގައި ހަކުރު ހުންނަ ލެވެލް ދަށްކޮށްދެއެވެ. ސްޓާރޗް ހުންނަ އެއްޗެހި ކެއުމަށްފަހު ވަގުތުން އެޕަލްސިޑަރ ވިނެގަރ ބޭނުންކުރުމުން އޭގެ ނަތީޖާ ދައްކާ ކަމަށްވެއެވެ. ޑައިބެޓިކް ސްޓޭޖް 2 ހުންނަ މީހުން 12 ހަފްތާ ވަންދެން އެޕަލްސިޑަރ ވިނެގަރ ބޭނުންކުރުމުން ހަކުރު ހުންނަ ލެވެލް ވަރަށް ބޮޑަށް ދަށްވެގެންދިޔަކަމަށް ބައެއް ސިއްހީ މާހިރުން ވިދާޅުވެއެވެ. ނިދާފައި އޮންނައިރު ހަކުރު ހުންނަ މިންވަރު މަތިވުމުގެ ސަބަބުން ހޭލެވޭ މީހުންވެސް އެޕަލްސިޑަރ ވިނެގަރ ބޭނުންކުރުމުން އެކަންވެސް ހައްލުވެގެންދާ ކަމަށްވެއެވެ.

Advertisement

ކޮލަަސްޓްރޯލް ލެވެލް ދަށްކޮށްދޭ

ކެއުމަށްފަހު އެޕަލްސިޑަރ ވިނެގަރ ބޭނުންކުރާނަމަ ކޮލަަސްޓްރޯލް ލެވެލް ދަށްކޮށްދެއެވެ. ހެނދުނު ހޭލާގޮތަށް ހުސްބަނޑާހުރެ ހޫނުފެންފޮދަކާއިއެކު އެޕަލްސިޑަރ ވިނެގަރ ބޭނުންކުރުމުން ހަށިގަނޑަށްވެސް ލުއިވެގެންދާކަން ފާހަގަކުރެވެއެވެ.

ހަށިގަނޑުގެ ބަރުދަން ލުއިކުރުމަށް އެހީވެދޭ

އާއްމުގޮތެއްގައި ކަސްރަތުކޮށްގެންވެސް ހަށިގަނޑުގެ ބަރުދަން އެހާބޮޑަށް ލުއިވާތަން ނުފެންނާތީ އެކަމާމެދު ކަންބޮޑުވާ މީހުންނަށް އެޕަލްސިޑަރ ވިނެގަރ ތަޖުރިބާކޮށްލުން ރަނގަޅެވެ. ކަސްރަތާއެކު މިބުއިން ބޭނުންކުރާނަމަ ވަރަށް އަވަހަށް ތަފާތު ފެނިގެންދާނެކަމަށް ބުނެވެއެވެ. އަދި ގަވާއިދުން 3 މަސްވަންދެން ކޮންމެ ދުވަހަކު 2 އިރު އެޕަލްސިޑަރ ވިނެގަރ ބޭނުންކުރާނަމަ ވަރަށް ބޮޑު ތަފާތެއް ފެނިގެންދާނެއެވެ. އެޕަލްސިޑަރ ވިނެގަރއިން ލިބިދޭ ފައިދާއިން ހަށިގަނޑުގައި ހުންނަ އެހެނިހެން ބަލިތަކަށްވެސް ފައިދާ ކުރުވައެވެ.

މައުލޫމާތު: ފޯބްސް.ކޮމް

+1
0
+1
0
+1
2
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް