November 24, 2024 20:19
Advertisement

-Advertisement-

ދިރިއުޅުމުގެ މިއާދަތަކުން ހަޖަމްކުރުމުގެ މައްސަލަ ކުރިމަތިވޭ

ހެނދުނު ނިދާ ހޭލާގޮތަށް އެނދުން ތެދުވެގެންގޮސް މޫނުދޮވެލާ ދަތް އުނގުޅާލުމަށްފަހު އަވަސްވެގަންނަނީ ނާސްތާއަށެވެ. މީގެ ބަދަލުގައި ފެންވަރާލައިގެން ނާސްތާ ނެގުމަކީ ބައެއް މީހުން ކުރާ ކަމެއް ކަމުގައިވިޔަސް އަނެއްބަޔަކު ހޭލާގޮތަށް ފެންވަރަން ބޭނުން ނުވެއެވެ. ހޭލާގޮތަށް އަދި ނިދިމޫޑުގައި ހުރެ ކަންނެތްކަންމަތީ ކޮފީ ބޯލައިގެން ނިދި ފިލުވާލަން ވަގުތުކޮޅެއް ބޭނުންވެއެވެ. އެއަށްފަހު ނާސްތާ ކެއުމަށްފަހު ދެން އަވަސްވެގަންނަނީ އޮފީހަށްދާން ނުވަތަ ސްކޫލަށް ދާންނަމަވެސް ފެންވަރާލުމަށެވެ.

ޑައިޖެސްޓިވް ސިސްޓަމް ފޮޓޯ: ނޮދަން ކެންޓަކީ ޔުނިވަރސިޓީ

ކައިނިމިގެން އަވަހަށް ފެންވެރުމަކީ ސިއްހީގޮތުން އެންމެ ރައްކާތެރިކަމެއްކަމުގައި ނުވެއެވެ. މިކަމުގެ ސަބަބަކަށްވަނީ ފެންވެރުމުން މީހާގެ ހަށިގަނޑު ފިނިވުމެވެ. މިހެންވުމުން ހަޖަމުކުރުމުގެ މައްސަލައާއި ދިމާވެއެވެ. ހަށިގަނޑުގެ ސާކިއުލޭޝަން ލެވެލް ދަށްވެގެންގޮސް ހަޖަމު ކުރުމުގެ މައްސަލައަށް ބުރޫއަރާ ކަމަށް އިންޑިއާގެ މަޝްހޫރު ހަކީމީ ޑޮކްޓަރެއް ކަމަށްވާ ޑޮކްޓަރ ރޭހާ ވިދާޅުވެއެވެ. ހަށިގަނޑަށް ހަކަތަ ބޭނުންވާއިރު ކައިނިމިގެން ފެންވެރުމުން މިކަންކަމަށް ހުރަސްއެޅިގެންދެއެވެ. ޑޮކްޓަރ ލަފާދޭގޮތުގައި ކެއުމުގެ 1 ގަޑިއިރާއި 3 ގަޑިއިރު ކުރިން ފެންވަރަންވާނެއެވެ. ކިތަންމެ އަވަހަށް ތަނަކަށްދާން ބޭނުންވެފައި ހުރިނަމަވެސް ފެންވެރުމަށްފަހު ކާން އާދަކުރުމަކީ އެއްގޮތަކުން ހަށިގަނޑަށް ފައިދާ ކުރުވާނެކަމެކެވެ. 

މާބޮޑަށް ފުރޭވަރަށް ކައިގެން ފެންބުއިމުން ބަނޑު ފުއްޕާގޮތްވެއެވެ. ކެއުމުގައި ގޭސްޓްރައިޓިކްސް ހުންނަ ބާވަތްތައް މަދުކޮށްގެން ކެއުމަށް އާދަކުރަންވާނެވެ. އެހެންނޫންނަމަ ގޭސްވެގެންގޮސް ބަނޑުުފުއްޕާ ބަނޑުގައި ރިއްސަން ފަށައެވެ. އެހެންވުމުންވެސް ހަޖަމުވުމުގެ މައްސަލަ ދިމާވެއެވެ. މިގޮތަށް ދިމާވުމުން އުޅެންޖެހޭ ވޭން އަންދާޒާކޮށްލަންވެސް ނޭނގޭފަހަރު އާދެއެވެ. ގޭސްވެގެން އުޅޭއިރު އެރިއްސާ ރިއްސުމާއި ބޮޑުކަމު ނުދެވުމުން އަޅާ ވޭންވެސް އެހާމެ ބޮޑެވެ. ކެއުމުގެ އާދަތައް ބަހައްޓަންޖެހެނީ މިކަންކަމަށް ވިސްނައިގެންނެވެ.

Advertisement

ކެއުމަށްފަހު ފެން ބުއިން މަދުވުމުންވެސް ހަޖަމުކުރަން އުދަގޫވެއެވެ. އިސްވެދިޔަ ކަންކަމަށް ސަމާލުކަން ދޭނަމަ މައްސަލަތައް ކުރިމަތިވުން ކުޑަވެގެންދާނެއެވެ. ކެއުމުގައި ސަމާލުކަންދޭންވީ ހަޖަމު ކުރުމުގެ މައްސަލައަށް އެކަންޏެއް ނޫނެވެ. ހަށިގަނޑުގައި އުފެދޭ ސަރުބީ އާއި ހަކުރުގެ މައްސަލައަށްވެސް ސަމާލުކަންދޭންވާނެއެވެ. ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ފައިދާހުރި ކާނާއާއި ރަނގަޅު އާދަތައް ވަރަށް މުހިންމެވެ. 

+1
0
+1
0
+1
1
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް