November 21, 2024 21:29
Advertisement

-Advertisement-

ޒުވާންކަން ދެމެހެއްޓުމަށްޓަކައި މިކަންކަން ކުރުން މުހިންމު

ޒުވާންކަން ދެމެހެއްޓުމަށްޓަކައި އެކިކަހަލަ ކްރީމްތައް އުނގުޅައި ސާޖަރީތައް ހަދާ މީހުން އުޅެއެވެ. ޒުވާންކަމުގައި ހުރުމަށް އަގުބޮޑެތި ސާޖަރީތައް ހެދުން މަދުކޮށް ގުދުރަތީގޮތުން ޒުވާންކަން ދެމެހެއްޓޭނެގޮތްތައް އަމިއްލައަށް އީޖާދުކޮށް އެކަންކަމަށް ވަގުތު ހޭދަކުރުން ވަރަށް މުހިންމެވެ. މިގޮތުން ޒުވާންކަން ދެމެހެއްޓުމަށްޓަކައި ގޭގައި ކުރެވިދާނެ ކަންކަން ހިއްސާކޮށްލާނަމެވެ. ނުވަތަ އަމިއްލަ ދިރިއުޅުމުގައި ސަމާލުކަންދޭންވީ ކަންކަން ބުނެލަދޭނަމެވެ.

ހައިޑްރޭޓްކޮށް ހުރުން

ގިނައިން ފެންބުއިމަކީ ޒުވާންކަން ދައްކުވައިދޭ ކަމެކެވެ. އަދި ހަންގަނޑު ރީތިކޮށް ހުރުމާއި މީހާ ތާޒާކޮށް ހުރުމަށްވެސް އެހީތެރިވެދޭ ކަމެކެވެ. ރީތިކަމަށް ލޯބި ކުރާ މީހުންނަށްވެސް މިކަމަކީ މުހިންމު ކަމެކެވެ.

Advertisement

މޫނުދޮވެ މޫނުގައި ރަނގަޅު ކްރީމެއް ބޭނުންކުރުން

ރަނގަޅު މޮއިސްޗަރައިޒަރއެއް ބޭނުންކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ދުވާލާއި ރޭގަނޑު އުނގުޅާ ކްރީމް ބޭނުންކުރެވިދާނެއެވެ. މޫނު ތެޔޮވުުމުން ދުރުކޮށްދީ މޫނުގެ ހަންގަނޑާއި ގުޅޭ ކަހަލަ ބްރޭންޑެއް ބޭނުންކުރުންވެސް މުހިންމެވެ. މީގެ އިތުރުން ތިމާގެ ހަންގަނޑަކީ ކޮންކަހަލަ ހަންގަނޑެއްތޯ ބަލާލާށެވެ. 

ސަންސްކްރީން ބޭނުންކުރުން

އަވީގައި އުޅޭއިރު އަވިން ހަންގަނޑު ހަލާކުވާނަމަ ވަރަށް އަވަހަށް އުމުރުން ދުވަސްވުމުގެ އަލާމާތްތައް ހަންގަނޑުން ފެނިގެންދެއެވެ. ގަދަ އަވީގައި އުޅޭއިރު ރަނގަޅު ސަންސްކްރީން ބޭނުންކުރުމާއި ތޮފި އަޅައިގެން ބޭރަށް ދިއުންވެސް މުހިންމެވެ. ނުވަތަ އަވިން ހިޔާވެވޭން ތަނެއް ހޯދައި އެތަނެއްގައި މަޑުކޮށްލުންވެސް ރަނގަޅެވެ.

ފުރިހަމަ ނިދި ހޯދުން ނުވަތަ ރޭގަނޑު ނިދުން

ރޭގަނޑުގެ ހަމަ ނިދި ނުނިދާނަމަ މޫނުގައި ހުންނަ ތާޒާކަން ގެއްލި މީހާ މާބޮޑަށް ވަރުބަލިކަމަށް ދައްކާނެއެވެ. ދުވާލުގެ ވަގުތުގައި ކިތަންމެ ވަރަކަށް ނިދިކަމުގައި ވިޔަސް ރޭގަނޑުގެ ހަމަނިދިން ލިބޭ ތާޒާ ކަމެއް ނުލިބޭނެއެވެ. ކޮންމެ ދުވަހަކު 7 ގަޑިއިރު ނުވަތަ 8 ގަޑިއިރު ނިދުމަކީ ވަރަށް މުހިންމު ކަމެކެވެ.

ކަންބޮޑުވުމާއި ދުރުވުން

މާބޮޑަށް ކަންބޮޑުވާނަމަ މީހާގެ މޫނުގައި ހުންނަ އުޖާލާކަން ގެއްލެންފަށައެވެ. ކަންކަމުގައި ކަންބޮޑުވާވަރު ކުޑަކޮށްލުމުގެ ގޮތުން ކަސްރަތު ކުރުން އާދަކޮށްލާށެވެ.

ޒުވާންކަން ދެމެހެއްޓުމަށްޓަކައި ގަޑިއަށް ކެއުމާއި ގަޑިއަށް ނިދުން މިއީ ވަރަށް މުހިންމު ކަންކަމެވެ. ކެއުމުގައިވެސް ތެޔޮ އެއްޗެހި ބޭނުންކުރުން މަދުކޮށް ފައިދާހުރި ކާނާ ކެއުމަށް އާދަކުރާށެވެ.

+1
0
+1
1
+1
0
+1
2
+1
0
+1
0
+1
4

Advertisement

ގުޅުންހުރި ލިޔުންތައް