November 21, 2024 21:47
Advertisement

-Advertisement-

އަބަދު ކޫސަނި އެއްޗެހި ކާހިތްވާނަމަ ކުރަންވީ ކޮންކަމެއް؟

ބައެއް މީހުންނަށް ސްނެކްސް ނުވަތަ ކޫސަނި ކެއުން ކާލުމުން އެލިބޭ ހިތްހަމަޖެހުން ވަރަށް ބޮޑެވެ. އަބަދުވެސް ކޮންމެވެސް އެއްޗެއް ކާހިތުން އުޅެންޖެހޭ ހާލަތްތައް އާދެއެވެ. މިއީ އަށަގަނެފައި ހުރި ވަރަށް ގޯސް އަދި ފިލުވަން އުދަގޫ އާދައަކަށް ވެގެންދެއެވެ. މިއީ ސިއްހީގޮތުން ގިނަގުނަ ގެއްލުންވާ ކަމެއްކަން އެގިހުރެވެސް ކަނޑުވާނުލެވޭ ކަމެކެވެ. މީގެ ތެރޭގައި "ޖަންކް ފުޑް" ވެސް ހިމެނެއެވެ. މިކަހަލަ ކާނާގެ ސަބަބުން ހަށިގަނޑުގެ ބަރުދަން އިތުރުވުމާއި "ބޭޑް ކޮލެސްޓްރޯލް" އަށަގަނެއެވެ. އަދި ޚާއްސަކޮށް ޑައިބެޓިކްސް ޓައިޕް 2 ޖެހުމުގެ ފުރުސަތުވެސް ބޮޑުވެގެންދެއެވެ. މިކަންކަމާމެދު ވިސްނާ ފިކުރުކޮށް ހުއްޓުވުމަށް މަސައްކަތް ކުރަންވާނެއެވެ. ހަޔާތުގައި ވަގުތުއޮއްވައި މިކަމަށް ފަރުވާ ކުޑަނުކޮށް ވިސްނާލުން މުހިންމެވެ. މިކަމުން އަރައިގަތުމަށް ކުރެވިދާނެ ބައެއް ކަންކަން މިލިޔުމުގައި ހިއްސާކޮށްލާނަމެވެ.

މުޅި ދުވަހުގެ ކެއުން ރަނގަޅަށް ރާވާލުން

ކޮންމެ ދުވަހެއްގެ ކެއުން ރަނގަޅަށް ރާވާލާށެވެ. ހެނދުނުގެ ނާސްތާއަށްވެސް ސިއްހީގޮތުން ފައިދާހުރި ކެއުމެއް ތައްޔާރުކޮށް މެންދުރުގެ ކެއުން ތައްޔާރުކޮށްލުމަށްފަހު ދުވަހުގެ މަސައްކަތަށް ނުކުންނަން އާދަކުރާށެވެ. އޭރުން ސިއްހީގޮތުން ފައިދާ ހުރި ކާނާ ކެއުމަށް ސަމާލުކަން ދޭން ފަސޭހަވާނެއެވެ. ހެނދުނުގެ ސައިގެ ފަހުން އެއްޗެއް ކާހިތްވާނަމަ މޭވާއެއް ކާލުމަށްފަހު ފެން ބޯން އާދަކުރާށެވެ. ހަވީރު ގަޑީގައި ހެދިކާ ކެއުމުގެ ބަދަލުގައި ނަޓްސް އާއިއެކު ހަކުރު ނާޅާ ސައިތައްޓެއް ބޯލާށެވެ. މިގޮތަށް އާދަކުރަން ފަށައިފިނަމަ މިކަމަކީ އެހާ އުދަގޫ ކަމަކަށް ނުވާނެއެވެ.

Advertisement

ގިނަގިނައިން ފެންބުއިން

އާއްމުގޮތެއްގައި ގިނައިން ފެން ބޯނަމަ ބަނޑު އަބަދުވެސް ފުރިފައި ހުންނަހެން ހީވާނެއެވެ. ބަނޑު ފުރިފައި ހުންނަނަމަ ކެއުމަށް އެހާބޮޑު ސަމާލުކަމެއްދޭން ބޭނުން ނުވާނެއެވެ. ކޫސަނި އެއްޗެއް ކާހިތްވާނަމަ ފެންބޯލާށެވެ. މިގޮތަށް އާދަކުރަން ފަރިތަކުރާށެވެ. ދުވަސްކޮޅަކުން ހޭނި މިގޮތަށް އުޅެން އާދަވާނެއެވެ.

މަދުމަދުން ކޫސަނި ކެއުމާއި ދުރުވުން

ހަފްތާއަކަށް ބަހާލައިގެން ވަކި ގޮތަކަށް އަޒުމް ކަނޑައަޅައިގެން ކުދި ކާނާ ކެއުން މަދުކުރެވޭނެއެވެ. ކުރިން ކާވަރަށްވުރެ ދެބައިކުޅަ އެއްބައި މަދުކުރަން ފަށާށެވެ. މިގޮތަށް މަދުކުރަމުން ގޮސް އެއްކޮށް ހުއްޓާލަން ފަސޭހަވާނެއެވެ. ލުއިކާނާ ކާހިތްވިއަސް ހިތްވަރުކޮށް ވަކިގޮތެއްގައި ދެމިހުރެވޭތޯ ބަލާށެވެ.

ސްޓްރެސް ލެވެލް ދަށްކުރުން

ބައެއްފަހަރު ކާހިތްވަނީ ފޫހިވެގެންނެވެ. ނުވަތަ ހުސްވަގުތު ގިނަވެގެންނެވެ. އަބަދުވެސް ކޮންމެވެސް ކަމެއްގައި މަސްއޫލުވެގެން އުޅެން އާދަކުރާށެވެ. އެހެންނޫނީ ހުސްވަގުތު ގިނަވެ ބޭކާރު ވިސްނުންތައްއައިސް މީހާ ސްޓްރެސްވާން ފަށައެވެ. މިގޮތަށް ސްޓްރެސް ވުމުން އަބަދު ކާހިތްވެފައި ހުރެވެއެވެ. ކާހިތްވެފައި ހުންނައިރު ގިނަފަހަރަށް ކާން ބޭނުންވާނީ ސިއްހީގޮތުން އެއްވެސް ފައިދާއެއް ނެތް އެއްޗިއްސެވެ.

ރަނގަޅު ނިންޖެއް ހޯދުން

ރޭގަނޑުގެ ނިދި ނިދަން އާދަކުރާށެވެ. ރޭގަނޑު ގިނަ ވަގުތު ހޭލާ އުޅޭނަމަ ބޭކާރު ޚިޔާލުތައް އައިސް ސިކުނޑި ވަށާލައި ކޫސަނި އެއްޗެހި ކާހިތްވެއެވެ. ބަނޑުހައިވާހެން ހީވެ ނިދަން އުދަގޫވެއެވެ. އަބަދުވެސް އެއްގަޑިއެއްގައި ނިދަން އާދަކޮށް އެއްގަޑިއެއްގައި ހޭލަން އާދަކުރާށެވެ. ދުވަހުގެ ހުރިހާ ވަގުތެއްގައި ސިއްހީގޮތުން ރަނގަޅު ކެއުން ކާން އާދަކުރާށެވެ.

 

މައުލޫމާތު: ލައިފް ކްލިނިކްސް.އަސް

+1
0
+1
0
+1
2
+1
0
+1
1
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް