November 23, 2024 13:22
Advertisement

-Advertisement-

ރަތްދޮންކޭލާ ގުޅޭގޮތުން ނޭނގޭ މައުލޫމާތު

ރަތްދޮންކޭލަކީ އާދަޔާޚިލާފަށް ރީތި އަދި އެހާމެ މީރު ވައްތަރެއްގެ ދޮންކޭލެކެވެ. މި ދޮންކެޔޮ ތަފާތުވާ އެތައް ސަބަބެއް އެބަހުއްޓެވެ. މިއީީ އާއްމުކޮށް ލިބެން ހުންނަ ދޮންކޭލެއް ނޫނެވެ. މިއަށް "ޑާކާ ބަނާނާ" މިނަންްވެސް ކިޔައެވެ. މީގެ ރަހަ ރީނދޫ ދޮންކޭލަށްވުރެ ފޮނިވެފައި މީރެވެ. އަދި މިވައްތަރު ދޮންކޭލުގައި ހުންނަނީ ބެރީސްއިން ދުވާ ކަހަލަ މީރުވަހެކެވެ. ރަތްދޮންކޭލުގެ ފައިދާ އާއްމުކޮށް ކައިއުޅޭ ދޮންކޭލާ ތަފާތެވެ. ތިރީގައި މިވަނީ ލިބިދޭ ފައިދާތަކެވެ.

ބަރުދަން ލުއިކުރުމަށް އެހީވެދޭ

އާއްމުގޮތެއްގައި ރަތް ދޮންކެޔޮވަކެއްގައި ހުންނަނީ 90 ވަރަކަށް ކެލޮރީސްއެވެ. މީގެ ދޮންކެޔޮވަކެއް ކާލުމުން ބަނޑުފުރިފައި ގިނައިރު ހުރެއެވެ. އަދި ހަކަތަ ލިބެއެވެ. ފައިބަރގެ މާއްދާ އާދަޔާޚިލާފަށް ގިނަ މިވައްތަރު ދޮންކެޔޮ ކާލުމުން ފަލަވެދާނެތީ ހާސްވާކަށް ނުޖެހެއެވެ.

Advertisement

ކިޑްނީގެ ބަލިތަކަށް ފައިދާކުރޭ

ރަތް ދޮންކޭލަކީ އާއްމުގޮތެއްގައި ޕޮޓޭސިއަމް ގިނަ ފައިބަރ ގިނަ ސިއްހީގޮތުން ފައިދާކުރުވަނިވި ދޮންކޭލެކެވެ. މިދޮންކެޔޮ ކެއުމުން ކިޑްނީގައި އުފެދޭ ކުދި ހިލަތައް ނުއުފެދި ކިޑްނީ ބަލިތަކުން ސަލާމަތްވުމަށް އެހީތެރިވެދެއެވެ. އަދި އާއްމުގޮތެއްގައި ރަތްދޮންކެޔޮ ކާނަމަ ހިތުގެ ބަލިތަކާއި ކެންސަރު ބަލިން ރައްކާތެރިކޮށްދެއެވެ.

ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް އެހީތެރިވެދޭ

ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުމަށް އެހީތެރިވެދޭ އެއްޗަކަށް ރަތްދޮންކެޔޮ ވުމަކީ ހައިރާންވާވަރު ވާހަކައެކެވެ. އާއްމުގޮތެއްގައި މޭވާއެއް ކެއުމުގެ ސަބަބުން ސިގިރޭޓް ބުއިމުން ދުރުކޮށްދޭ ވާހަކައަކީ މުޅިން އާވާހަކައަކަށް ވެދާނެއެވެ. ރަތްދޮންކޭލުން ނިކޮޓިން ބޭނުން ކުރުން ކޮންޓްރޯލްކޮށްދެއެވެ. 

ލޭމަދުނުވެ ހިމަގްލޯބިން ލެވެލް ހިފަހައްޓާލަދޭ

ރަތްދޮންކޭލުގައި ވިޓަމިން ބީ 6 ގެ މާއްދާ ހިމެނެއެވެ. މީގެ ސަބަބުން ހިމަގްލޯބިން ލެވެލް ހިފަހައްޓާލަދެއެވެ. އާއްމުކޮށް އެނީމިއާ ހުންނަ ކުދިންނަށް ރަތްދޮންކޭލަކީ ވަރަށް ފައިދާކުރުވަނިވި އެއްޗެކެވެ. ހަށިގަނޑުގައި އެއްވަރެއްގައި ލޭހިފެހެއްޓުމަށްޓަކައި ރަތްދޮންކެޔޮ ކެއުން މުހިއްމެވެ

ބޮލުން ހަންފޮޅުން ކޮންޓްރޯލްކޮށްދޭ

ރަތްދޮންކޭލަކީ އިސްތަށިގަނޑަށްވެސް ފައިދާކުރުވަނިވި އެއްޗެކެވެ. އަދި ހަންގަނޑަށްވެސް އެހާމެ ފައިދާކުރުވައެވެ. ބޮލުގައި ހަންފޮޅުން ދުރުކޮށްދޭ މި މޭވާއަކީ ކޮންމެހެންވެސް ކެއުން ރަނގަޅު މޭވާއެކެވެ. ޚާއްސަކޮށް ފިނިމޫސުމުގައި ރަތްދޮންކެޔޮ ބޭނުންކޮށްގެން ހަދާ ހެއާމާސްކް ބޭނުންކުރުމުން ހަންފޮޅުމާއި އިސްތަށިގަނޑު ހިކުން އަދި އިސްތަށި ފޭބުމުންވެސް ދުރުކޮށްދެއެވެ. މި ހެއާމާސްކް ހެދުމަށްޓަކައި ދޮންކޭލާއި ކާށިތެޔޮ ނުވަތަ އާމަންޑްއޮއިލް އެއްކޮށްލުމުން އެހުރީ ހެއާމާސްކް ތައްޔާރު ކުރެވިފައެވެ. މި ހެއާމާސްކުން އިސްތަށިގަނޑަށް ގިނަގުނަ ފައިދާކުރުވައެވެ.

މައުލޫމާތު: ޓައިމްސް އޮފް އިންޑިއާ

+1
0
+1
0
+1
2
+1
2
+1
2
+1
0
+1
1

Advertisement

ގުޅުންހުރި ލިޔުންތައް