November 21, 2024 18:27
Advertisement

-Advertisement-

އޯޓިޒަމްގެ އަސަރު ހުންނަ ކުދިން އެކުދިންގެ ވާހަކަ ހިއްސާކުރިގޮތް

އޯޓިޒަމަށް ޚާއްސަކޮށްގެން ފާހަގަކުރި ދުވަހު މެލޭޝިއާގައި ކުރިއަށްގެންދިޔަ އިންޓަވިއުއެއްގައި އޯޓިޒަމަށް ފަރުވާ ހޯދި ކުދިންނަށް ދިމާވާ ގޮންޖެހުންތަކަކީ ކޮބައިތޯ ބަލާލުމުން އެނގުނު ވާހަކަތައް ހިއްސާކޮށްލާނަމަވެ. އޯޓިޒަމް ކުދިންނަކީ އެހެން ކުދިންފަދަ ބޭނުން ހިފޭ ކުދިން ކަމުގައި މުޖުތަމައިން ބަލައިގަތުމުން އެކުދިންނަށް ހިތްހަމަޖެހުން ލިބެއެވެ. އަދި އެކުދިންނަކީ ލޯތްބާއި އަޅާލުން ލިބިގެން ބޮޑެތިވާ ބައެއްކަން ހާމަކޮށްދިނުމުން ދިރިއުޅުން އުފާވެރިވެއެވެ. ޚާއްސަކޮށް އޯޓިޒަމްގެ އަސަރު ހުންނަ ކުދިން ތެރަޕީ ނެގުމާއެކު މުޖުތަމައުން ލިބޭ އަޅާލުމުން އެކުދިންނަށް އިތުރު ކުރިއެރުން ލިބެއެވެ. 

މެލޭޝިއާގެ 'ޔޫއައި.ޓީއެމް' އިން 'އިންގްލިޝް ޕްރޮފެޝަނަލް ކޮމިއުނިކޭޝަން' އިން ޑިގްރީ ހާސިލުކޮށްފައިވާ ފަރެދް ބުނެފައިވަނީ އޭނާއަކީ އޯޓިޒަމްގެ ސިންޑްރޯމް ހުރި މީހެއް ކަމަށެވެ. މީނާއަކީ ގޭމް ޑިވެލޮޕްމެންޓްގެ ނެރޭޓިވް ޑިޒައިނިންގެ މަސައްކަތްކުރަމުން އަންނަ ކުޅަދާނަ ޒުވާނެކެވެ. އަދި މީގެ އިތުރުން އިލަސްޓްރޭޝަންގެ މަސައްކަތްވެސް ކުރެއެވެ. މީނާއަކީ އޭޑީ.އެޗް.ޑީ ހުންނަ މީހަކަށްވެފައި މީނާ ފުރިހަމަކޮށްފައިވާ ތެރަޕީގެ ތެރޭގައި 'ކޮންގްނެޓިވް' ބިހޭވިއަރަލް ތެރަޕީ ހިމެނެއެވެ. މިހާރު މީނާއަކީ ގަވާއިދުން ތެރަޕީ ނަގަން ނުޖެހޭވަރަށް ބޭސްކުރެވި މެންޓަލް ހެލްތްވެސް ސްޓޭބަލްވެފައިވާ މީހެއް ކަމަށް ބުނެއެވެ. މީނާއަށް ދިމާވި ގޮންޖެހުންތަކަކީ ކޮބައިތޯ ބަލާއިރު ފާހަގަކޮށްފައިވަނީ ޔުނިވަރސިޓީ ގައި ކިޔަވަން އުޅުނުއިރު އޭނާއަކީ އެއްވެސް ކަހަލަ މައްސަލައެެއް ހުރި ކުއްޖެއްކަމުގައި ފާހަގަވާ ވަަރަށްވުރެ ކަންކަމުގައި އެހެންކުދިން ތަފާތު ނުކޮށް އެކުވެރިކޮށް އުޅުނު ކުއްޖެއް ކަމަށެވެ. އެއްވެސް ކުއްޖަކު އޭނާ ބާކީކޮށްލާ ދެރަކޮށްލާ ކަހަލަ ކަމެއް ނުކުރާކަމަށް ވަނީ ބުނެފައެވެ. 

މިއިންޓަވިއުގައި ދެން މައުލޫމާތު ދިނީ އުމުރުން 27 އަހަރުގެ އާޓިސްޓެކެވެ. މީނާއަކީ ކުޑައިރު ޑިޕްރެޝަން އާއި އެންޒައިޓީއަށް ގަވާއިދުން ތެރަޕީ ނަގަމުން އައި ކުއްޖެކެވެ. އަދި މިކަންކަމުން އަރައިގަންނަން ހިތްވަރު ލިބުނީ ޓީޗަރުންގެ ސަބަބުންނެވެ. މީނާ ބުނާގޮތުގައި ސްކޫލަށް އަބަދުގޮސް މީހުންގެ ތެރޭގައި އުޅެން ބައެއްފަހަރު އުދަގޫވާތީ ސްކޫލުންނާއި ޓީޗަރު ވަނީ ލުއިތަކެއް ދީފައެވެ. ހަމައެކަނި ޕްރެޒެންޓޭޝަންއާއި އެސައިންމެންޓް އޮންނަ ދުވަހު ކްލާހަށް އަންނަ ކަހަލަ ގޮތަށް ލުއިތައް ދީފައިވެއެވެ. ބަރާބަރަށް މަސައްކަތް ނިންމައި އަމިއްލައަށް އެކަނި ކުރަހާލައި ޑިޒައިން މަސައްކަތުގައި އަވަދިނެތި އުޅެންފެށުމުން ތެރަޕީއަށް ނުގޮސްވެސް އަމިއްލައަށް ކަންކަން ރަނގަޅުވަމުން ދިޔަ ކަމުގައި މީނާ ފާހަގަކުރިއެވެ. ކުރެހުމަކީ ވަރަށް ގިނަ މެންޓަލް މައްސަލަތައް ދުރުކޮށްދޭ ކަމެއްކަމަށްވެސް މީނާއަށް ފާހަގަކުރެވުނެވެ. އެންމެ ބޮޑު ގޮންޖެހުމަކަށް ދިމާވީ ރަނގަޅު ސައިކޭޓްރިސްޓެއް ހޯދުމެވެ. ދިމާވާ ރަނގަޅު ޑޮކްޓަރެއްގެ ސަބަބުން މިކަހަލަ ކުދިންގެ އެތައް ކަމެއް ރަނގަޅުވުމަށް ފުރުސަތު ލިބިގެންދެއެވެ.

Advertisement

ދިވެހިރާއްޖޭގައިވެސް ގިނަ އަދަދަކަށް އޯޓިޒަމަށް ޚާއްސަ ތެރަޕީ ނަގާ ކުދިން އެބައުޅެއެވެ. މިފަދަ ކުދިންނަށް ބޭނުންވަނީ ފަރުވާއާއި އެއްވަރަށް އާއިލާއާއި މުުޖުތަމައުގެ އެހީތެރިކަމެވެ. 

+1
0
+1
0
+1
3
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް