Advertisement
header ad
XeeTimesXeeTimes
ހަށިގަނޑުގެ ބައެއް ހަރަކާތްތަކުން މީހާ ދެނެގަންނާނީ ކިހިނެއް؟ ހުނަރު

ހަށިގަނޑުގެ ބައެއް ހަރަކާތްތަކުން މީހާ ދެނެގަންނާނީ ކިހިނެއް؟

ކޮންމެ މީހަކީ ބުނަން ބޭނުންވާ އެއްޗެއް ކުރިމަތީގައި ޖެހިލުންކުޑަކަމާއެކު ބުނަަން ކެރޭ މީހަކަށް ނުވެދާނެއެވެ. ނަމަވެސް އެމީހެއްގެ ހަރަކާތްތަކުން އެބުނަން ބޭނުންވާ އެއްޗެއް ބުނާ މީހުންވެސް އުޅެއެވެ. އެހެންކަމުން ހަރަކާތްތަކުން ނުވަތަ މީހަކަށް ނޭނގި ނަމަވެސް ކުރެވޭ ބައެއް ކުދިކުދި ކަންތަކުން އެމީހާއަކީ ކޮންކަހަލަ މީހެއްކަން ދެނެގަނެވިދާނެއެވެ. އެގޮތުން 'ބެޓަރހެލްތު' ވެބްސައިޓުގައި ބުނެފައިވާގޮތުން މީހާގެ ވާހަކަދެއްކުމުގެ 55 އިންސައްތަ އަކީ ހަރަކާތްތަކުން ބުނެދޭ ބުނެދިނުމެވެ. އިންސާނުންގެ 'ބޮޑީލޭންގުއޭޖް'، ސޯޝަލް ސައިކޮލޮޖިސްޓުން ދިރާސާކުރަމުން އަންނަތާ އެތަކެއް އަހަރުތަކެއް ވެއްޖެއެވެ.

ވާހަކަދައްކާއިރު ބުމާގައި މާގިނައިން އަތްލުން

ވާހަކަދައްކާއިރު މާގިނައިން ބުމައާއި ކުޅެހެދުމުން އެމީހަކު އެހެރީ ވަރަށް ބޮޑަށް ކަންބޮޑުވެފައި ނުވަތަ ކޮންމެވެސް ކަމެއްގެ ޕްރެޝަރ އައިސްފައިކަމަށް ވެދާނެއެވެ. ނުވަތަ ހަނދާން ނެތިފައިވާ ކަމެއް ހަނދާންކުރުމަށް ވިސްނާލުމަށް މިގޮތަށް ހަރަކާތްކޮށްފާނެއެވެ.

Article - in content
Advertisement

ނިޔަފަތިކެއުން

މިގޮތަށް އަމަލު ފެންނާނީ އާންމުކޮށް ކަމަކާ ހާސްވުމުންނާއި ލަދުރަކިކަން އެހެންމީހުންނަށް ފެނުމުންނެވެ. އެހެންމީހުން ދެކޭގޮތް ބަދަލުވުމަކީ އެކަށީގެންވާ ކަމެކެވެ. މިގޮތަށް ނިޔަފަތި އަނގަޔަށް ލުމުން ނިޔަފަތިތައް ހަލާކުވުމަކީ އެކަށީގެންވާ ކަމެކެވެ.

މާބޮޑަށް މަޑުމައިތިރިކޮށް ހުރުން

މީހުންނާއި ވާހަކަދައްކާއިރު ނުވަތަ އެހެން މީހުން ވާހަކަދައްކާއިރު މާބޮޑަށް މަޑުމަޑުން އަނގައިން ނުބުނެ ހުރުމުން އެބަޔަކަށް ދައްކާ ވާހަކަ އަޑުއަހަން ޝައުގުވެރިކަން ނެތްކަމަށް އެމީހުންނަށް ހީކޮށްފާނެއެވެ. އަދި އެބަޔަކު ވާހަކަދެއްކުމަށް ބޭނުން ނުވެދާނެއެވެ. އެހެންކަމުން މޫނުމަތިންނާއި ހަށިގަނޑުގެ ހަރަކާތްތައް އިތުރުކޮށްގެން އެކަން ރަނގަޅުކޮށްލެވިދާނެއެވެ.

ލޮލުގެކަޅި އެނބުރުން

ވާހަކަދައްކާއިރު ލޮލުގެ ކަޅި އެނބުރުމަކީ އިހުތިރާމް ނުކުރާކަން ދޭހަކޮށްދޭ ކަމެކެވެ. އަދި ވަރުބަލިވުމުންވެސް ބައެއް މީހުން މިގޮތަށް އަމަލުކުރެއެވެ.

ލޮލަށް މާގިނައިން ބެލުން ނޫނީ މަދުން ބެލުން

ވާހަކަދައްކާއިރު އެއްގޮތަކަށްވެސް ލޮލަށް ނުބެލުމަކީ އެވާހަކައަކަށް އެހާބޮޑު ޝައުގުވެރިކަމެއް ނެތްކަން ނުވަތަ ކޮންފިޑެންސް ނެތްކަން ހާމަކޮށްދޭކަމެކެވެ. އިތުބާރު ނުކުރެވޭކަން އަންގައިދޭ ކަމެއްވެސްމެއެވެ. މާގިނައިން ލޮލަށް ބެލުމުންވެސް ގަދަފަދަކަން ދައްކަންއުޅޭހެން ހީވެދާނެކަމެކެވެ. އަނެކާ ވާހަކަދައްކާއިރު އުނދަގޫތަކެއް ކުރިމަތިވެދާނެ ކަމެއްވެސްމެއެވެ. އެހެންކަމުން ވާހަކަދައްކާއިރު އުނދަގޫ ނުވާނެ ގޮތަކަށް އަމަލުތައް ބެހެއްޓުމަކީ އެންމެ ރަނގަޅުގޮތެވެ.

މައުލޫމާތު: ބެޓަރހެލްތް

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ޝިފޫ 23އޮގަސްޓު2024

އަޑު އެހުމުގެ އުދަގޫވުމަކީ ވެސް ގިނައިން ލޮލައް ބެލޭކަމެކެވެ.

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —