February 22, 2025 20:50
Advertisement

-Advertisement-

މެޒޯ މުހައްމަދު ވަކިވުމުގެ 45 މިނިޓް ކުރިން ނަގާފައިވާ މި ހަނދާނީ ފޮޓޯއިން ބުނެދޭ ވާހަކަތައް!

މިއުޒިކީ ދާއިރާއިން އާދަޔާޚިލާފު މަޝްހޫރުކަމެއް ހޯދާފައިވާ މުހައްމަދު މާޖިދު (މެޒޯ މޯޑު) ނިޔާވީ އިއްޔެގެ ހަވީރުގެ ވަގުތެއްގައެވެ. މުހައްމަދު ނިޔާވުމުގެ 45 މިނިޓެއްހާއިރު ކުރިން ނަގާފައިވާ ހަނދާނީ ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާކުރެއްވީ އޮލިމްޕިކް ކޮމިޓީގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު މަރުޒޫޤު އެވެ. 

މަރުޒޫޤު އިއްޔެ ނެންގެވި މުހައްމަދުގެ ފޮޓޯއެއް

ސިންފަނީ ރެސްޓޯރެންޓްގައި ކޮފީގައި އެކުވެރިންނާއެކު މުހައްމަދު އިންއިރު މަރުޒޫގެ ނެންގެވި އެ ފޮޓޯއިން ފެންނަނީ ވަރަށް ހަމަޖެހިލައިގެން އެއްވެސް ހާސްކަމެއް ނެތި މުހައްމަދު އިންނަ މަންޒަރެވެ. އަބަދުވެސް ފެންނަގޮތަށް ކަޅުކުލައިގެ އައިނެއް އަޅައިގެން އިންއިރު މިފޮޓޯތައް ނެގިއިރު އެކުވެރިންނަކަށްވެސް މިއީ މުހައްމަދު އާއި ދިމާވާނެ ފަހުފަހަރުކަމެއް ނޭނގެއެވެ.

ކޮފީއަށްފަހު މުހައްމަދު ދެންދިޔައީ ގެއަށްކަމުގައިވެއެވެ. އަދި 10 ވަރަކަށް މިނިޓްތެރޭގައި ބައެއް ރައްޓެހިންނަށް ގުޅައި އޭނާއަށް ކޮންމެވެސް ކަމެއް ވާކަމަށް ބުނިކަމަށްވެއެވެ. އެގެއަށް ދިޔަ ރަހުމަތްތެރިން ސީޕީއާރު ދިން ކަމުގައިވިއަސް ހާޓްއެޓޭކެއް ޖެހި މުހައްމަދު ނިޔާވީކަމަށް މައުލޫމާތު ލިބެއެވެ. 

Advertisement

ވީހާވެސް ގިނަބަޔަކު ކަށުނަމާދަށް ދިއުމަށް އެދި މަރުޒޫޤު ހިއްސާކުރި މި ފޮޓޯ މިވަނީ ސޯޝަލް މީޑިއާގައި ވައިރަލްވެފައެވެ. މި ފޮޓޯއިން އަޅުގަނޑުމެންނަށް ހަނދާން މިކޮށްދެނީ މަރަކީ ވަރަށް ކައިރީގައިވާ ކަމެއްކަމެވެ. ސިއްހަތު ސަލާމަތުން ހުރިކަމުގައިވިއަސް މަރުވާން މިވަގުތުވެސް ހަމަކަމެވެ. އަބަދުވެސް ތިބެންވީ މަރަށް ތައްޔާރުވެގެންކަމެވެ.

ސޯޝަލް މީޑިއާގައިވެސް ހަރަކާތްތެރި މުހައްމަދު ފާހަގަކުރެވެނީ ރައްޓެހިންނާއި ގާތްގުޅުމެއް އޮންނަ މަޝްހޫރުވިއަސް އާދައިގެ ދިރިއުޅުމެއްގައި އުޅުނު މީހެއްގެ ގޮތުގައެވެ. މިއުޒިކީ ދާއިރާގައި އުމުރުން 59 އަހަރުގެ މުހައްމަދު ހަރަކާތްތެރިވާތާ މިވަނީ 45 އަހަރަށްވުރެ ގިނަ ދުވަސް ވެފައެވެ. 1991 ވަނަ އަހަރު މެޒޯ ބޭންޑް އުފެއްދުމަށްފަހު އަމިއްލަ ލަވަތައް ހިމަނައިގެން ހަތަރު އަލްބަމެއް ވަނީ ނެރެފައެވެ.

މެޒޯ މުހައްމަދު ނިޔާވުމާއި ގުޅިގެން ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ތަޢުޒިޔާގެ މެސެޖު ހިއްސާ ކުރަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ހިއްސާކުރެއްވި މެސެޖުގައިވެއެވެ. " ފަންނާއި މުނިފޫހި ފިލުވުމުގެ ދާއިރާއަށް 45 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވައި އަދި ދިވެހި އަމިއްލަ ފަންނީ ބައެއް އުފެއްދުން އުފެއްދުމުގައިވެސް މަޤްބޫލު ހުނަރުވެރިކަމެއް ދައްކާފައިވާ  މުހައްމަދު ނިޔާވުމުގެ ހިތާމައިގައި އެ މަރްހޫމްގެ އާއިލާއަށް ތަޢުޒިޔާ ރައްދުކުރަމެވެ".

ކުރީގެ ރައީސް މުހައްމަދު ނަޝީދު އަކީ މުހައްމަދުގެ ވަރަށް ގާތް ބޭފުޅެކެވެ. ރައީސް ނަޝީދު ހިއްސާކުރެއްވި މެސެޖުގައިވެއެވެ. " މެޒޯ މުހައްމަދު އަކީ އަޅުގަނޑުގެ އެންމެ ގާތް ރަހުމަތްތެރިންކުރެ އެކަކު. އަޅުގަނޑުގެ އާންމު މަސައްކަތުގެ ބޮޑު ބައިވެރިއެއް. ރާއްޖެ ޑިމޮކްރަސީއަށް ކުރި ދަތުރުގެ ހިއްސާދާރެއް. މުހައްމަދު އަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާ އާއިލާއަށް ކެތްތެރިކަން ދެއްވާށި".

މާލެސިޓީ ގަލޮޅު ކްރީމްގޭ މުހައްމަދު މާޖިދު ނުވަތަ މެޒޯ މޯޑުގެ ނަމެއް މިއުޒިކީ ދާއިރާގައި ފަނޑެއް ނުވާނެއެވެ. އޭނާވަނީ އެއަށްވުރެ ގިނަދުވަހު ފާހަގަކުރެވޭ ފަދަ ޚިދުމަތްތަކެއް އެދާއިރާގައި ކޮށްދީފައެވެ. ފަނޑުނުވާނެ ރީތި ލަވަތަކެއް އެހުންތެރިންނަށް ދޫކޮށްފައެވެ. އޭނާގެ އަމިއްލަ ރާގުތައް ވަނީ ދިވެހިންގެ ހިތާއި ކުޅެލާފައެވެ. "ކަމަނަ ގޯތީ އާދަނު" މި ލަވައަކީވެސް މޯޑުގެ ފާހަގަކުރެވޭ މަޝްހޫރު އެއް ލަވައެވެ.

+1
0
+1
1
+1
1
+1
0
+1
0
+1
0
+1
1

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް