Advertisement
header ad
XeeTimesXeeTimes
މޫނުގައި ރޫޖެހުން ލަސްކުރުމަށް އެހީތެރިވެދޭ ސައްކެޔޮ އޮށް ސިއްޙަތު

މޫނުގައި ރޫޖެހުން ލަސްކުރުމަށް އެހީތެރިވެދޭ ސައްކެޔޮ އޮށް

ސައްކޭލަކީ ރާއްޖޭގެ ބައެއް ރަށްރަށުގައި ހައްދާފައި ހުންނަ މޭވާއެކެވެ. ސައްކެޔޮ ލިބެން ހުންނަނީ ވަކި މޫސުމެއްގައެވެ. ސައްކެޔޮ އެންމެ ވައްތަރުވާނީ ދޫރިއަން އާއެވެ. އެހެންނަމަވެސް ރަހައިގެ ގޮތުން ތަފާތު ދެރަހައެއްލާ ވަރަށް ތަފާތު މޭވާއެކެވެ. މީގެ ޚާއްސަކަމަކީ އެތެރޭގައި ހުންނަ އޮށްތަކެވެ. އާއްމުގޮތެއްގައި މީގެ އޮށް ކައި އުޅެނީ މަދުބައެކެވެ. މީގެ އޮށުގައި ރިހަ ކައްކައިގެން އަދި ހަނާކޮށްގެންވެސް ބޭނުންކުރެވިދާނެއެވެ. ސައްކެޔޮ ފަޅާލުމަށްފަހު އޮށްތައް އުކާލުމުގެ ބަދަލުގައި މީގެ އޮށް ކެއުމުން ލިބޭ ފައިދާތަކަށް ބަލާލަމާ ހިނގާށެވެ.

ރޫޖެހުމުން ދުރުކޮށްދޭ

ސައްކެޔޮ އޮށުން ހަދާ މާސްކަކީ އާދަޔާޚިލާފު ތަފާތުކަމެއް ގެނުވާ މާސްކެކެވެ. މިމާސްކް ތައްޔާރު ކުރުމަށްޓަކައި މީގެ އޮށް ދިޔާކިރުގެ ތެރެއަށް ލުމަށްފަހު މާމުއިކޮޅެއް އަޅާލުމަށްފަހު ރަނގަޅަށް ފޯވަންދެން ބަހައްޓާށެވެ. މިގޮތަށް ބަހައްޓާއިރު ގިނައިރު ބެހެއްޓުމުން ބޮޑަށް މަޑުވާނެއެވެ. މަޑުވުމުން މިކްސްޗަރުގައި ރަނގަޅަށް ގިރާލުމަށްފަހު މާސްކެއްގޮތަށް ތައްޔާރު ކުރެވިފައިވާ ޕޭސްޓް މޫނުގައި ހާކާލާށެވެ. އަދި އެއަށްފަހު ރަނގަޅަށް ހިކެންދެން ބަހައްޓާށެވެ. 15 ނުވަތަ ވިހި މިނިޓް ފަހުން ރަނގަޅަށް ހިކުމުން ތާފަނާ ފެނުން ދޮވެލާށެވެ. މިގޮތަށް އާއްމުކޮށް މިމާސްކް ބޭނުންކުރާނަމަ މޫނުގައި ރޫޖެހުން ލަސްކޮށްދީ މޫނުގެ ހަންގަނޑަށް އިތުރު ތާޒާކަން ގެނުވައެވެ.

Article - in content
Advertisement

ބަނޑުހަރުވުމާއި ބޮޑުކަމުދިއުމަށް ހައްލު ލިބިދޭ

ސައްކެޔޮ އޮށް އަވިން ރަނގަޅަށް ހިއްކާލުމަށްފަހު މިކްސްޗަރުން ރީތިކޮށް މުގުރާލުމުން ޕައުޑަރަށް ބަދަލުވެއެވެ. މިގޮތަށް ޕައުޑަރަށް ހެދުމަށްފަހު ފުޅިއަކަށް އެޅުމަށްފަހު ބަހައްޓާށެވެ. އާދައިގެ މަތިން ކޮންމެ ދުވަހަކު މީގެ ސަމުސަލެއް ކާލާށެވެ. މީގެ ސަބަބުން ބޮޑުކަމުދާން ފަސޭހަވެ ބަނޑުގައި ހުންނަ ވައި ނުވަތަ ބްލޯޓްވުމުންވެސް ދުރުކޮށްދެއެވެ. ސައްކެޔޮ އޮށަކީ ފައިބަރުގެ މާއްދާ ވަރަށް ބޮޑަށް އެކުލެވިފައިވާ އެއްޗަކަށް ވުމުން ކެއުމުގައި ސައްކެޔޮއޮށް ބޭނުންކުރުމުގެ ފައިދާ ވަރަށް ބޮޑެވެ.

ކުޑަކުދިން ހެދިބޮޑުވުމަށް އެހީއެއް

ސައްކެޔޮ އޮށުން ކުޑަކުދިން ހެދި ބޮޑުވުމަށް އެހީތެރިވެދެއެވެ. ސައްކެޔޮ އޮށަކީ ތަރުކާރީގެ ގޮތުގައި ހިމެނިފައިވާ އެއްޗަކަށްވެފައި ޕްރޮޓީންގެ މާއްދާ ވަރަށް ބޮޑަށް އެކުލެވިފައިވާ އެއްޗެކެވެ. އާއްމުގޮތެއްގައި ހެދިބޮޑުވުމުގެ މައްސަލަ ހުންނަ ކުދިންނަށް އިންޑިއާގައި ސައްކެޔޮއޮށުން ފަރުވާ ހޯދާކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ.

މައުލޫމާތު: ލިބަރޭޑް.ކޮމް

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —