Advertisement
header ad
XeeTimesXeeTimes
މޫނުގައި ނަގާ އޮށާޅައަށް ހައްލު ހޯދަން ބޭނުންތަ؟ ސިއްޙަތު

މޫނުގައި ނަގާ އޮށާޅައަށް ހައްލު ހޯދަން ބޭނުންތަ؟

އޮށާޅައަކީ މޫނުގައި ނަގާ ބިއްސެކެވެ. މި ބިހި ގިނައިން ނަގަނީ ފުރާވަރަށް އަރައިގެން އަންނަ ދުވަސްވަރުގައެވެ. ޚާއްސަކޮށް މިމައްސަލަ އަންހެންކުދިންނަށް ބޮޑަށް ދިމާވާކަން ފާހަގަވެއެވެ. މޫނުގައި ނަގާ އޮށާޅައަށް ހައްލު ހޯދުމަށް ތިރީގައިމިވާ ބާވަތްތައް ގަވާއިދުން ބޭނުންކުރާށެވެ.

ބޭނުންވާތަކެތި:

1 މޭޒުމަތީ ސަމުސާ މުގުރި ފޮނިތޮށި

Article - in content
Advertisement

1 މޭޒުމަތީ ސަމުސާ މާމުއި

ތައްޔާރުކުރާނެ ގޮތް:

ފޮނިތޮށި އަދި މާމުއި އެއްކުރުމަށްފަހު ފިއްސަކުން ނުވަތަ އަތުން މޫނުގައި ރަނގަޅަށް ހާކާށެވެ. 30 ނުވަތަ 45 މިނިޓް ވަންދެން ބެހެއްޓުމަށްފަހު ފިނިފެން ބޭނުންކޮށްގެން މޫނު ދޮވެލާށެވެ. އެއަށްފަހު ކުޑަ ތުވާލިކޮޅަކުން މޫނު ރަނގަޅަށް ފޮހެލުމަށްފަހު މޮއިސްޓަރައިޒަރގެ ގޮތުގައި ކާށިތެޔޮ ނުވަތަ އޮލިވް އޮއިލް ހާކާލެވިދާނެއެވެ. މި ދެބާވަތް ބޭނުންކުރުމުން މޫނުގައި ހުންނަ އޮށާޅަ އަވަހަށް ފަސޭހަވެއެވެ. އަދި ގަވާއިދުން ބޭނުންކުރާނަމަ ތަފާތު ފެންނަކަމަށް ވެއެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —