Advertisement
header ad
XeeTimesXeeTimes
ލޯ ކައިރި ކަޅުވެ ރޫޖެހުމުން ދުރުކުރުމަށް ބޭނުންކުރެވިދާނެ ޖެލްއެއް! ސިއްޙަތު

ލޯ ކައިރި ކަޅުވެ ރޫޖެހުމުން ދުރުކުރުމަށް ބޭނުންކުރެވިދާނެ ޖެލްއެއް!

ލޯ ކައިރި ކަޅުވުމަކީ ވަރަށް ގިނަ މީހުންނަށް ދިމާވާ އަދި ކަންބޮޑުވާކަމެކެވެ. މީހާ ތާޒާކޮށް ރީތިކޮށް ހުރުމަށް ލޯ ކައިރި ކަޅުވެ ރޫޖެހުމާއި ދުރަށް ދިއުމަށް މަސައްކަތް ކުރެވިދާނެއެވެ. 

ބޭނުންވާތަކެތި

2 މޭޒުމަތީ ސަމުސާ އެލޯވެރާ ޖެލް

Article - in content
Advertisement

1 މޭޒުމަތީ ސަމުސާ ކޮފީ ޕައުޑަރ

ތައްޔާރުކުރާނެ ގޮތް

އެލޯވެރާ ފަތުގެ ލޮދި ސަމުސަލަކުން ކަހާލުމަށްފަހު 2 ސަމުސާ ހުންނަވަރަށް ނަގާށެވެ. އެއަށްފަހު 1 މޭޒުމަތީ ސަމުސާ ކޮފީ ޕައުޑަރ އެއްކޮށްލާށެވެ. މިގޮތަށް ދެބާވަތް އެއްކުރުމަށްފަހު ފްރިޖުގައި ބަހައްޓައިގެން 2 ހަފްތާ އަށް ބޭނުން ކުރެވިދާނެއެވެ.

ބޭނުންކުރާނެ ގޮތް

ކޮންމެރެއަކު ނިދަން އޮށޯންނަމުން މޫނު ރަނގަޅަށް ދޮވެލުމަށްފަހު ތައްޔާރުކުރި ޖެލް ލޯ ކައިރީގައި ވަށައިގެން ހޭކުމަށްފަހު ނިދާށެވެ. މިގޮތަށް 1 މަސް ދުވަސް ވަންދެން ބޭނުންކުރުމުން ލޯކައިރީގެ ކުލަ އަލިވެއެވެ. މިޖެލް އަކީ ލޯކައިރި ދުޅަވުމުގެ އިތުރަށް ރޫޖެހުމުން ވެސް ސަލާމަތްކޮށްދޭ ޖެލްއެއް ކަމަށް މި ޖެލް ބޭނުންކުރި މީހުން ވަނީ ފާހަގަކޮށްފައެވެ. 

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —