Advertisement
header ad
XeeTimesXeeTimes
ހުޅުމާލެ ހޮސްޕިޓަލް: ޑޮކްޓަރަށް ދައްކަން ކިއުގައި އެތައްއިރެއް، ބަލިމީހުންނަށް ބޮޑު ތަކުލީފެއް! ސިއްޙަތު

ހުޅުމާލެ ހޮސްޕިޓަލް: ޑޮކްޓަރަށް ދައްކަން ކިއުގައި އެތައްއިރެއް، ބަލިމީހުންނަށް ބޮޑު ތަކުލީފެއް!

ހުޅުމާލެ ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކަން ދިޔައީ އުމުރުން 73 އަހަރުގެ މީހަކު ގޮވައިގެންނެވެ. ރޯގާޖެހިގެން ކެއްސާތީ އޭސީ ޖައްސާފައި ހުރިތަނެއްގައި ގިނައިރު އިންނަން އުނދަގޫ މީހެކެވެ. އެކަމަކު ޓްރައިއޭޖް ކިއުގައި މަޑުކޮށް ނަންބަރު ޖެހުމުން އަނެއްކާ މަޑުކުރަންޖެހުނީ މެމޯ ހަދަން ނެގި ނަންބަރު އަރުވަންދެނެވެ. އެއަށްފަހު މެމޯ އަތަށް ލިބި އުމުރުން ދުވަސްވީ މީހަކަށްވުމުން އަވަހަށް ޑޮކްޓަރަށް ދެއްކޭނެ ކަމުގެ އިންތިޒާރުގައި މަޑުކުރީއެވެ.

ހުޅުމާލެ ހޮސްޕިޓަލް - ފޮޓޯ: ޝާމިލް

1 ގަޑިއިރު ވީއިރުވެސް ނަންބަރު ނުޖެހެއެވެ. ބަލިމީހުން ބަލާ 5 ކޮޓަރި ހުރިއިރު އެވަގުތު ޑޮކްޓަރުން ބަލަމުންދިޔައީ އެންމެ 2 ކޮޓަރީގައެވެ. އިންތިހާއަށް ރޯގާއާއި ހުންޖެހިފައިވާ މީހުން ގިނަ މި ދުވަސްކޮޅުގައި މުޅިތަން އޮތީ ފުރިފައެވެ. މެންދުރުގެ އެންމެ ހޫނު ގަޑީގައި އެކި އުމުރުގެ މީހުން ޑޮކްޓަރަށް ދެއްކުމަށް ގޮސްތިބިއިރު ކޮންމެ މީހަކުވެސް އިންތިޒާރު ކުރަނީ ނަންބަރު ޖެހޭނެ އިރަކަށެވެ.

" އުމުރުން ދުވަސްވީ މީހާ އެންމެފަހުން ކެތްނުވެގެން ބުނެފި ހިނގާށޭ ދާން. 2 ގަޑިއިރުވެއްޖެ ނޫންހޭ މިތާގައި މަޑުކޮށްގެންތިބޭތާ. މިއަޑު ކައިރީގައި ހުރި މީހަކަށް އިވިގެން ކައުންޓަރ އަށް ދިޔައިރު ކައުންޓަރުގައި މިއިނީ އެންމެ މީހެއް. ޚިދުމަތްދެވޭލެއް ކިހާ ލަސްވާނެ. ތަކުރާރުކޮށް ޝަކުވާކޮށްގެން ޑޮކްޓަރަށް ދައްކާ ނިމުނުއިރު ތިންގަޑިއިރު ވަނީ. މިއަށްވުރެ އަވަސް އިންތިޒާމެއް އޮންނަންޖެހޭނެ ކަމަށް ޤަބޫލުކުރަން". ކަންބޮޑުވުމާއެކު ޒީޓައިމްސްއަށް މައުލޫމާތުދިން މީހާ ކިޔައިދިނެވެ.

Article - in content
Advertisement

އުމުރުން 6 އަހަރު 7 އަހަރުގެ ކުދިން ގޮވައިގެން ކިއުގައި އެތައްގަޑިއިރަކު ތިބި މީހުންވެސް މަދެއް ނޫނެވެ. އެތައްހާސް ބަޔަކު ދިރިއުޅޭ ހުޅުމާލޭގައި ހުރި ހަމައެކަނި ސަރުކާރުގެ ހޮސްޕިޓަލުގެ ޚިދުމަތުގެ ލަސްކަމާމެދު ކަންބޮޑުވުން އިންތިހާއެވެ. އަވަސް ޚިދުމަތަށް ބޭނުންވެގެން ޑޮކްޓަރަށް ދައްކަން ދާ މީހުންނަށް މިއަށްވުރެ އަވަހަށް ތަކުލީފު ކުޑަވާނެ ގޮތަކަށް ޑޮކްޓަރަށް ދެއްކުމުގެ އިންތިޒާމު ހަމަޖެހެންޖެހެއެވެ. ބާރުބޮޑު ގަޑިތަކުގައި ހުރިހާ ރޫމެއްގައި ޑޮކްޓަރުން ބަލާނަމަ ޚިދުމަތް އަވަސްވާނެއެވެ. އަދި ކައުންޓަރުގެ ޚިދުމަތްވެސް އަވަސްވާނެ ގޮތަކަށް އިންތިޒާމު ކުރެވެންޖެހެއެވެ.

ކުޑަކުދިން ނުވަތަ އުމުރުން ދުވަސްވީ މީހެއް ނޫންނަމަ ޑޮކްޓަރަށް ދައްކަން އިންތިޒާރުގައި މަޑުކުރަންޖެހޭ ވަގުތު އަދި ކުރިއަށްވުރެވެސް ގިނައެވެ. ތަފާތު ބަލިތަކުގައި ޑޮކްޓަރަށް ދައްކަން ބޭނުންވެ ދިގު ކިއުގައި ބަނޑުހައިހޫނުކަންމަތީ ހަތަރު ފަސްގަޑިއިރު ހޭދަކުރަން ޖެހުމަކީ ކަންބޮޑުވާންޖެހޭނެ ކަމެކެވެ. އަވަސް ހައްލެއް ހޯދަންޖެހޭ ކަމެކެވެ. އެންމެންނަކީ އަތުން 300 ނުވަތަ 400 ރުފިޔާ ޚަރަދުކޮށްގެން އަމިއްލަ ހޮސްޕިޓަލު ނުވަތަ ކުލިނިކްތަކަށް ޑޮކްޓަރަށް ދައްކަން ދެވޭނެ ބައެއް ނޫނެވެ. އެހެންވުމުން ހުޅުމާލެ ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކަން ދާން މަޖުބޫރު ހާލަތުގައި ތިބި މީހުން ގިނައެވެ. 

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

shinaa 03ފެބްރުއަރީ2026

abadhuvx haalathu. vaavuvaa eh ingeny eh noon ethaakun. scan eh kuriyas kameh vefa hunna kamakah nuvey. ma thyroid scan kuryma ethanun buni aammukoh meehun inna varah vuren thyroid bodi . oa. 1 month nuve ehn thaakun scan kurima ingunt baivaru nodules huri kan and faruvaa nukoffi nama cancer ah change vaanr kamah.. Lab test thah hadhan ethaange drs vx recommend nukurey. v bodah fail vefa hama..

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —