September 19, 2024 23:31
Advertisement

-Advertisement-

ބްރިޓްނީ

ބްރިޓްނީގެ ކާމިޔާބީ އާއި ހިތްދަތި އެތައް ވާހަކަތަކެއް!

1981ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 2 ވަނަ ދުވަހު އެމެރިކާއަށް އުފަންވެފައިވާ ބްރިޓްނީ ސްޕިއާސް ލަވަކިޔުމުގެ ދާއިރާއަށް ނިކުމެފައި މިވަނީ 1990ގެ އަހަރުތަކުގައެވެ. ބްރިޓްނީ މަޝްހޫރުވެފައިވަނީ ޕޮޕް ރާނީގެ ގޮތުގައެވެ. އެއީ އޭނާ ގިނައިން ޕޮޕް ލަވަތައް ކިޔުމުގެ އިތުރަށް އެކްޓްކޮށްފައިވުމުންނެވެ. ލަވަ ލިޔުމުގެ އިތުރުން ލަވަ ކިޔުމާއި، ލަވަ ހުށަހެޅުމާއި، ނެށުމުންވެސް އޭނާ ވަނީ އާންމުންގެ ބޮޑު ތަރުޙީބެއް ހޯދައިފައެވެ.

ސްޓޭޖް ހުށަހެޅުންތަކުގެ އިތުރުން 1997ވަނަ އަހަރު އުމުރުން އެންމެ 15 އަހަރުގައި އޭނާ ވަނީ ދެ ސްޓޫޑިއޯ އަލްބަމަށް ސޮއިކޮށްފައެވެ. މި އަލްބަމްތަކުގައި ހިމެނޭ 'ބޭބީ ވަން މޯ ޓައިމް' އަދި 'އޫޕްސް އައި ޑިޑް އިޓް އަގައިން' ވަނީ އެމެރިކާގައި އެދުވަސްވަރު ވަރަށް ބޮޑު މަޤްބޫލްކަމެއް ހޯދާފައެވެ. މި ދެ އަލްބަމްއިން ލިބުނު ކާމިޔާބީއާއި އެކު ބްރިޓްނީ ވަނީ އޭނާގެ އަމިއްލަ އަލްބަމް ޕްރޮޑިއުސްކޮށްފައެވެ. އެއީ 2007ވަނަ އަހަރު ނެރެފައިވާ އޭނާގެ 5 ވަނަ އަލްބަމް 'ބްލެކް އައުޓް' އެވެ. ނަމަވެސް އަމިއްލަ ކަންތައްތަކެއްގެ ސަބަބުން އަލްބަމްގެ ޕްރޮމޯޝަންތައް ދިޔައީ ލިމިޓްތަކެއްގެ ދަށުންކަމަށް ޚަބަރުތައް ބުނެއެވެ.

2004ވަނަ އަހަރު ޖެނުއަރީމަހު ބްރިޓްނީ ވަނީ ގިނަ ދުވަސްތަކެއް ވަންދެން އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު 'ޖޭސަން އެލެން އެލެކްސެންޑަރ' އާއި ކައިވެނިކޮށްފައެވެ. އަދި 55 ގަޑިއިރު ފަހުން މި ކައިވެންޏާއި ބެހޭ ގޮތުން އޮޅުންތަކެއް ހުރިކަމަށް ބުނެ އޭނާވަނީ ކޯޓަށް މައްސަލަ ހުށަހަޅާފައެވެ. އެއަށްފަހު 2004ވަނަ އަހަރު ފަހުކޮޅު ބްރިޓްނީ ވަނީ ނެށުންތެރިޔާ 'ކެވިން ފެޑަލައިން' އާއި ކައިވެނިކޮށްފައެވެ. މިކައިވެންޏަށް ބްރިޓްނީއަށް ވަނީ 2 ފިރިހެން ކުދިން ލިބިފައެވެ. ފުރަތަމަ ދަރިފުޅު ލިބުނީ އުމުރުން 24 އަހަރުގައި ލިބުނުއިރު ދެވަނަ ދަރިފުޅު ލިބުނީ އުމުރުން 25 ވަނަ އަހަރުގައެވެ.

Advertisement
ބްރިޓްނީ އޭނާގެ ކުރީގެ ފިރިމީހާ ކެވިން ފެޑަލައިން އާއި އެކު

ބްރިޓްނީ 2005ވަނަ އަހަރު ނެރުނު އަލްބަމް ވަނީ އޭނާގެ ފިރިހެން ދަރިފުޅަށް ޑެޑިކޭޓްކޮށްފައެވެ. 2007ވަނަ އަހަރު ކެވިން އަދި ބްރިޓްނީގެ ކައިވެނި ވަނީ ރޫޅިފައެވެ. ހަމަ މިއަހަރު ބްރީޓްނީގެ ބޮޑުދައިތަ ނިޔާވުމާއި ގުޅިގެން ލިބުނު ހިތާމައާއި އެކު ވަނީ ނަފްސާނީ މީހުނަށް ފަރަވާދޭ ހޮސްޕިޓަލެއްގައި ބްރިޓްނީ އެޑްމިޓްކޮށް ފަރުވާދީފައެވެ. ހިތްދަތިކަމުގެ ތެރޭގައި ވަނީ އެއްރެއަކު އޭނާގެ ބޯވެސް ބާލާފައެވެ. މިކަންތައްތަކާއި ގުޅިގެން ބްރިޓްނީ އަތުން ވަނީ އޭނާގެ ކުދިންގެ ކަސްޓަޑީ ގެއްލިފައެވެ. މިހުރިހާކަމަކާއިއެކު ވެސް އޭނާ ދިޔައީ ލަވަކިޔުމާއިގެން ކުރިއަށެވެ. ކުދިންނާއި ބައްދަލު ނުކުރެވުން ވެގެންދިއައީ ބްރިޓްނީގެ ނަފްސާނީ ބަލި ބޮޑުވެގެންދިޔަ ކަމެއްކަމަށް ރިޕޯޓްތައް ބުނެއެވެ.

ބްރިޓްނީ އޭނާގެ 2 ކުދިންނާއި އެކު

ބްރިޓްނީއާއި ގުޅޭގޮތުން މިހާރު އެންމެ ހޫނުކޮށް ދެކެވެމުން އަންނަނީ އެމެރިކާގެ ސުޕްރީމް ކޯޓުގައި ކުރިއަށްދާ މައްސަލައެއްގެ ވާހަކައެވެ. މިއީ ބްރިޓްނީ އޭނާގެ ބައްޕަ ޖެމީ ސްޕިއަރސްއާއި ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައެކެވެ. ކޯޓުގައިވާ މައްސަލަ ހޫނުވަމުން އައިސްފައިވަނީ 2019ވަނަ އަހަރުން ފެށިގެންނެވެ. 2021ވަނަ އަހަރު އޭނާ ވަނީ 'ފްރީ ބްރިޓްނީ މޫވްމަންޓް' ގެ ނަމުގައި އާއިލާއާއި މެނޭޖްމަންޓް ޓީމާއި ދެކޮޅަށް ކޯޓުގައި މައްސަލަތަކެއްވެސް ޖައްސާފައެވެ. މިއީ އޭނާގެ މުދާ އަމިއްލަކުރުމަށް އޭނާ ހުށަހަޅާފައިވާ މައްސަލައެއްކަމަށް ޚަބަރުތައް ބުނެއެވެ. މިއަދާއި ހަމައަށް ބްރިޓްނީގެ މުދާ ބަލަހައްޓަމުން އައިސްފައިވަނީ އޭނާގެ ބައްޕަ ކަމަށް ރިޕޯޓްތަކުގައި ފާހަގަކޮށްފައިވެއެވެ. ބްރިޓްނީ ބުނެފައިވާ ގޮތުގައި 13 އަހަރު ވަންދެން އޭނާގެ ފައިސާ އާއިލާއިން ބޭނުންކުރަމުން އައިސްފައިވާއިރު އިތުރަށް މިކަން ދިގުދެމިގެންދާކަށް ބޭނުމެއް ނުވެއެވެ.

ބްރިޓްނީ އަދި އޭނާގެ ބައްޕަ ޖެމީ ސްޕިއަރސް

އަދި އޭނާގެ މިލްކިއްޔާތުގައި ވާ 60 މިލިއަން އެމެރިކާ ޑޮލަރަކީ އޭނާގެ އަމިއްލަ ބާރުގެ ދަށުގައި ވާއެއްޗަކަށް ހެދުމަށް އާއިލާއާއި ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހެޅީކަމަށް ބުނެފައިވެއެވެ. ބްރިޓްނީ އޭނާގެ ބައްޕަ އަށް އޮފީހެއް ހަދައިދީ މިހުރިހާ ދުވަހު ބައްޕަ ކުރާ މަސައްކަތަށް މުސާރަދެމުން އައިސްފައިވާ ކަމަށްވެސް އޭނާގެ ސްޓޭޓްމަންޓްތަކުގައި ވަނީ ފާހަގަކޮށްފައެވެ. އަދި މިކަން އިތުރަށް ކުރަން އޭނާ ބޭނުންނުވާކަމަށް ބުނެފައިވެއެވެ. ކޯޓަށް ހުށަހަޅާފައިވާ މައްސަލައާއި ގުޅިގެން ވަކީލުންނަށްވެސް މިލިއަން ޑޮލަރަށް ވުރެ ގިނަ އަދަދެއްގެ ފައިސާ ޚަރަދުކުރެވިފައިވާނެކަން ވެސް އޭނާ ފާހަގަކުރެއެވެ. ބަލި ހާލަތުގައިވެސް ޝޯވތަކުގައި ބައިވެރިވުމަށް ބައްޕަ އަންގާކަމަށާއި މިޝޯވތަކުން ބައްޕައަށް ވަކިން ޕަސެންޓްއެއް އިންތިޒާމްކުރާ ފަރާތުން ދޭކަން ފާހަގަކޮށްފައިވެއެވެ. އަދި އެހެން މީހުންނަށް ލިބޭ ފައިދާއަށް އޭނާ މަސައްކަތްކުރަން ބޭނުންނުވާކަމަށް ބުނެފައިވެއެވެ.

ބައްޕަގެ ހިފެހެއްޓުންތަކާއި ގުޅޭގޮތުން އޭނާ އިތުރަށް ބުނެފައިވަނީ އަމިއްލަ ކްރެޑިޓް ކާޑުވެސް އޭނާގެ އަތަށް ނުލިބޭކަމަށެވެ. އެހާ މިންވަރަށް ބައްޕަގެ އަޅުވެތިކަމުގެ ދަށުގައި އޭނާގެ މުދާ ހިފެހެއްޓިފައިވާކަމަށް ބްރިޓްނީ ހާމަކޮށްފައިވެއެވެ. އަދި އޭނާގެ މިހާރުގެ ހުވަފެނަކީ މިހުރިހާ އެއްޗެއް އޭނާގެ އަމިއްލަ މިލްކަކަށްވުންކަމަށް ބުނެފައިވެއެވެ. އެންމެން ގާތުގައިވެސް ބައްޕަ ބުނަމުން އައިސްފައިވަނީ ބްރިޓްނީއަށް އަމިއްލަ ފައިސާ ބަލަހައްޓަން ނޭނގޭކަމަށެވެ. ނަމަވެސް ބައްޕަގެ މި ބަސްތަކަށް ބްރިޓްނީ އަންނަނީ ދެކޮޅު ހަދަމުންނެވެ. ބްރިޓްނީ ބުނާ ގޮތުންނަމަ އޭނާއަށް ލިބެމުން އަންނަ ހިތްދަތިކަމާއި މެދު ބައްޕަ ހިތްހަމަޖެހޭކަމަށާއި ބައްޕަ ބޭނުން ވަނީ އޭނާއަށް ތަކުލީފުދިނުމަށެވެ.

ބްރިޓްނީގެ މިތުހުމަތުތަކާއި ދެކޮޅަށް އާންމުކޮށް އޭނާގެ ބައްޕަ ޖޭމީ ސްޕިއަރސް ބަހެއް ބުނެފައި ނުވިނަމަވެސް އޭނާގެ ވަކީލު ބުނެފައިވަނީ، ދަރިފުޅު މަތިން ވަރަށް ބޮޑަށް ހަނދާންވާކަމަށާއި، މިކަންތައްތަކުގެ ސަބަބުން ބްރިޓްނީގެ ބައްޕައަށް ވަރަށް ބޮޑަށް ހިތާމަތަކާއި ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.

39 އަހަރުގެ ބްރިޓްނީ އަކީ އެމެރިކާގެ އިތުރުން ދުނިޔޭގެ މަޝްޚޫރު ލަވަކިޔުންތެރިއެކެވެ. އެމެރިކާގެ ލަވަކިޔުންތެރިންގެ ލިސްޓަށް ބަލާއިރު ބްރިޓްނީގެ ނަން ހިމެނެނީ އަންހެން ލަވަކިޔުންތެރިންގެ ލިސްޓްގެ 4 ވަނައިގަ އެވެ.

+1
0
+1
1
+1
4
+1
1
+1
0
+1
0
+1
2

Advertisement

ގުޅުންހުރި ލިޔުންތައް