Advertisement
header ad
XeeTimesXeeTimes
ކޯޑިން އެންޑް ކްރިޓިކަލް ތިންކިންގ ޕްރޮގްރާމްއިން ލީޑަރސް އޮފް ޓްމޯރޯ ޕްރޮގްރާމަށް ފާލިހު ކުރި ދަތުރު އިލްމާއި ހިލްމު

ކޯޑިން އެންޑް ކްރިޓިކަލް ތިންކިންގ ޕްރޮގްރާމްއިން ލީޑަރސް އޮފް ޓްމޯރޯ ޕްރޮގްރާމަށް ފާލިހު ކުރި ދަތުރު

މުހައްމަދު ފާލިހް ޝާކިރު އަކީ ޖަމާލުއްދީން ސްކޫލުގެ ގްރޭޑް 6 ގައި ކިޔަވަމުން އަންނަ އުމުރުން 12 އަހަރުގެ ދަރިވަރެކެވެ. ފާލިހް ބޭނުންވަނީ ލީޑަރޝިޕް ހުނަރު ދަސްކުރުމަށެވެ. މިއުންމީދު ފުރިހަމަކުރުމަށް ފާލިހް ބައިވެރިވީ އުގެއިލް ފައުންޑޭޝަނާއި ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެން އޮންލައިންކޮށް ކުރިއަށްގެންދާ 'ސަރކްލް' ގެ ޕްރޮގްރާމްތަކުގެ ތެރޭގައި ހިމެނޭ 'ކޯޑިން އެންޑް ކްރިޓިކަލް ތިންކިންގ' ޕްރޮގްރާމްގައެވެ.

ސްރީލަންކާގައި ތައުލީމް ހާސިލުކުރި ދުވަސްވަރުވެސް ކޯޑިންގެ ހުނަރު ދަސްކުރަމުންއައި ފާލިހު ބުނީ ސަރކްލްގެ ޕްރޮގްރާމްގެ ސަބަބުން ކޯޑިންގެ ހުނަރު ކުރިއަށްވުރެ ރަނގަޅަށް ދަސްވިކަމަށެވެ. އަދި އަމިއްލަނަފްސަށް ކުރާ އިތުބާރު ބޮޑުވެ ލީޑަރޝިޕްގެ ހުނަރު ރަނގަޅުވެގެން ދިޔަކަމަށެވެ.

" ލަންކާގައި އުޅުނުއިރު ކޯޑިން ބޭނުންކޮށްގެން ފޯނުން ދުއްވޭ ކާރެއް ހެދިން. އަދި އެކި ވައްތަރުގެ ކޮއިން ވަކިކުރަން ބޭނުންކުރާ މެޝިނެއްވެސް ތައްޔާރުކުރިން. ބޭނުންވަނީ ކޯޑިންގެ ހުނަރު ރަނގަޅަށް ދަސްކުރަން" ފާލިހު ބުންޏެވެ.

ކޮމްޕިއުޓަރ ސައިންސް އިން ކުރިއަށްދާން ބޭނުންވާ ފާލިހު އާއި ގުޅޭގޮތުން އޭނާގެ ބައްޕަ އަހްމަދު ޝާކިރު ފާހަގަކުރިގޮތުގައި މި ޕްރޮގްރާމްގެ ސަބަބުން ފާލިހުއަށް ވަނީ ކުރިއެރުންތަކެއް ލިބިފައެވެ.

Article - in content
Advertisement
" ކޯޑިންގެތެރޭގައި އެންގޭޖްވެގެން އުޅެންފެށީމަ މިދާއިރާއަށް ލޯހުޅުވި އެކަންކަމުގެތެރޭގައި މަސައްކަތްކުރަން ފެށިގެންދިޔަ. ގިނަކުދިންތަކަކާއެކު މިގޮތަށް މަސައްކަތްކުރަން ލިބުނީމަވެސް ފުރުސަތު ބޮޑުވޭ ކުރިއަށްދާން. މި ޕްރޮގްރާމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރޭ އަމިއްލަ ނަފްސަށް އިތުބާރު ކުރަން ދަސްކޮށްދިނުމަށް" ޝާކިރު ފާހަގަކުރިއެވެ.

އުގެއިލް ފައުންޑޭޝަނުން 2022 ވަނަ އަހަރު ކުރިއަށްގެންދާ ލީޑަރސް އޮފް ޓްމޯރޯ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ފާލިހުއަށް މިހާރު ވަނީ ލިބިފައެވެ.

" ޔޫކޭގެ ޓިޔުޓަރސް އާއިއެކު އިންޓަވިއު ކުރިއަށްގެންދިޔައިރު އަޅުގަނޑުވެސް އިނިން ކައިރީގައި. އެއީ ލީޑަރސް ޕްރޮގްރާމަށް ކުދިން ނެގުމަށް ކުރިއަށްގެންދިޔަ އިންޓަވިއުއެއް. ދަރިފުޅާއި ގުޅޭގޮތުން އެންމެބޮޑަށް ފާހަގަވީ ކޮންފިޑެންސް ބިލްޑްވެފަ ޕްރެޒެންޓޭޝަން ސްކިލްސް ވެސް ވަރަށް ރަނގަޅުވަމުން އަންނަކަން"
ކޮމްޕިއުޓަރ ކޯހެއް ފުރިހަމަކުރުމާއި ގުޅިގެން ފާލިހުއަށް ލިބިފައިވާ ސެޓިފިކެޓް

ސަރކްލްގެ ޕްރޮގްރާމްގައި ދަރިފުޅު ބައިވެރިކުރީ، ކޮމްޕިއުޓަރ އިންޖިނިއަރިންގ އާއި ސޮފްޓްވެއަރ އިންޖިނިއަރިންގ އަދި އާޓިފިޝަލް އިންޓެލިޖެންސް މިއީ ކެރިއަރ އެއް ބިލްޑްކުރެވޭނެ ކަންތައްތައް ކަމުގައިވާތީ ކަމަށް ފާލިހުގެ ބައްޕަ ވަނީ ފާހަގަކޮށްފައެވެ.

ކޯޑިންގެއިތުރުން ލީޑަރޝިޕްގެ ހުނަރު ދަސްކުރުމަށް އަމާޒުހިފާފައިވާ ފާލިހު ވަނީ ސްކޫލުގެ ކެޑޭޓު ހަރަކާތުގައި ބައިވެރިވެފައެވެ. ކޭޑޭޓު ހަރަކާތުގައި ބައިވެރިވުމުގެ އެންމެބޮޑު ބޭނުމަކީ ކަންކަން ޒިންމާދާރުކަމާއެކު ކުރަން ދަސްކުރުމުގެ އިތުރަށް ލީޑަރޝިޕްގެ ހުނަރު ތަރައްގީކުރުން ކަމަށް ވަނީ މައުލޫމާތުދީފައެވެ.

ކަރާޓީ މުބާރާތަކުން އުމުރުފުރައިން ދެވަނަ ލިބުމާއިގުޅިގެން ފާލިހުއަށް ލިބުނު ސެޓިފިކެޓް

އަދި ލަންކާގައި ކިޔެވި ދުވަސްވަރު ވާހަކަދެއްކުން ފަދަ އަދަބީ މުބާރާތްތަކުގައި ބައިވެރިވި ފާލިހު އަށް ވަނީ އެގައުމުގައި 2018ވަނަ އަހަރު ކުރިއަށްގެންދިޔަ ކަރާޓީ މުބާރާތަކުން އުމުރުފުރައިން ދެވަނަ ލިބިފައެވެ.   

 

ނޯޓް: އިލްމާއި ހިލްމު ކެޓަގަރީގައި އުގެއިލް ފައުންޑޭޝަނާއި ޒީޓައިމްސް ގުޅިގެން 'ދަ ސަރކްލް ބައި އުގެއިލް ފައުންޑޭޝަން' އިން އޮންލައިންކޮށް ކުރިއަށްގެންދާ ޕްރޮގްރާމްތަކުގައި ފާހަގަކުރެވޭ ދަރިވަރުންގެ ރިޕޯޓްތައް ދަނީ ގެނެސްދެމުންނެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —