Advertisement
header ad
XeeTimesXeeTimes
ޗުއްޓީގައި ކުދިން އިލްމާއި ހިލްމުގެ ތެރޭގައި ގެންގުޅެވިދާނެ ކަންކަން އިލްމާއި ހިލްމު

ޗުއްޓީގައި ކުދިން އިލްމާއި ހިލްމުގެ ތެރޭގައި ގެންގުޅެވިދާނެ ކަންކަން

ޗުއްޓީ މޫސުން އައީއެވެ. ކުޑަކުދިންނާއި ބޮޑެތި މީހުންނަށްވެސް އުފާވެރި މޫސުމެކެވެ. ސްކޫލް ބަންދުގައި ކުޑަކުދިންނަށް ޗުއްޓީ މަޖަލާއެކު ތައުލީމާއި ހުނަރު ހޯދޭނެ ގިނަ ފުރުސަތުތައްވެސް އެބަހުއްޓެވެ. ކުދިން ބިޒީކޮށް ބޭތިއްބުމަށާއި އެއްޗެހި ދަސްކުރުމަށް މިފަދަ ހޮލިޑޭ އެކްޓިވިޓީއެއް ކުދިންނާއެކު ތަޖުރިބާ ކޮށްލައްވާށެވެ.

ހޮލިޑޭ އާޓް 

ހޮލިޑޭ އާޓް ނުވަތަ ޗުއްޓީ ކާޑެއް ތައްޔާރުކުރުމުން ފެށިގެންގޮސް ގޭތެރެ ރީތި ކުރުމާއި ހަމައަށް މަޖާ ކަންކަން ކުރެވިދާނެއެވެ.

Article - in content
Advertisement


އީދަށް ކާޑު ހެދުމާއި ރައްޓެހިންނަށް ފޮނުވާނެ ކާޑު ފަދަ އެއްޗެހި ތައްޔާރު ކުރެވިދާނެއެވެ. ކާޑުގެ އިތުރުން އެކުއްޖެއްގެ އުފެއްދުންތެރިކަން އިތުރުކޮށްލަން ކޮންމެވެސްކަހަލަ ކްރާފްޓް މަސައްކަތެއްވެސް ކޮށްލެވިދާނެއެވެ. ކަރުދާހުން 'އޮރިގާމީ' ހެދުމާއި އެކި ވައްތަރުގެ މަލާއި ވާސް ފަދަ ތަކެތިވެސް ހެދިދާނެއެވެ. މިއީ ކުޑަ ކުދިންގެ ސިކުނޑިތައް ބިޒީކޮށްލައިގެން އެކުދިންގެ ހުނަރުވެރިކަން އިތުރުކޮށްލެވިދާނެ ގޮތެކެވެ.

ހިސާބު އެކްޓިވިޓީއަކުން ސިކުނޑި މުއްސަނދިކޮށްލުން

ގޭގައި އުޅޭ އެހެން ކުދިންނާއެކު ނުވަތަ ބެލެނިވެރިންނާއެކު ހިސާބު ކުއިޒް އެއް ކަހަލަ މަސައްކަތެއް ކޮށްލެވިދާނެއެވެ.

މަޖާ ގޮތަކަށް ގޭމެއްވެސް ކުޅެވިދާނެއެވެ. މީގެ އިތުރުން އެންމެ ކަމުދާ ކެއުންތައް ތައްޔާރު ކުރުމުގައި އެއްޗެތި މިނެކިރުން ފަދަ ކަންކަން ކުރެވިދާނެއެވެ. އަދި އީދު ހަދިޔާ ނުވަތަ ޗުއްޓީ ހަދިޔާ ދޭން ބަޖެޓް ހެދުން ފަދަ ކަންކަން ކުޑަކުދިންލައްވާ ކުރެވިދާނެއެވެ. މިއީ އެކުދިންނަށް މަޖާ ކަންކަމަށްވާނެއެވެ. އަދި ހިސާބު އިލްމު އިތުރަށް ތަރައްޤީވެގެންދާނެއެވެ.

ސައިންސް އެކްސްޕެރިމެންޓް ހެދުން

އެކްސްޕެރިމެންޓް ހެދުމަކީ ކުޑަކުދިން ވަރަށް ގަޔާވާ ކަމެކެވެ. ފަސޭހައިން ގެއިން ލިބެން ހުންނަ ތަކެތި ބޭނުންކޮށްގެން ހެދޭ އެކްސްޕެރިމެންޓްތައްވެސް ހުރެއެވެ.

މިސާލަކަށް ބިސްތަކެއް ފުޅިއަކަށް އަޅައިގެން ހޮޅި ބޭނުން ކޮށްގެން ބޮޑެތި ބޮކި އެރުވުން ފަދަ ކަންކަން ކުރެވިދާނެއެވެ. އުއްބަތި އާއި ބޭކިންޕައުޑަރު ފަދަ ތަކެތި ބޭނުންކޮށްގެން ހަދާ އެކްސްޕެރިމެންޓްތައްވެސް ހެދިދާނެއެވެ. އަލިފާން ބޭނުން ކުރާނަމަ ބޮޑު މީހެއްގެ އެހީތެރިކަމާއެކު އެކްސްޕެރިމެންޓް ހެދުމަށް ސަމާލުވާންވާނެއެވެ.

އީދުގައި ކުރާނެ ކަންކަން ލިސްޓްކޮށްލުން

މިގޮތުން ކުދިންގެ ލިއުންތެރިކަމުގެ ހުނަރާއި ސްޕީޑަށް ރަނގަޅު ބަދަލެއް ގެނެވޭނެއެވެ. ޗުއްޓީގައި ސުކޫލު ފޮތްތަކާއި ދުރުގައި އުޅުނަސް ލިއުމާއި ކިއުންތެރިކަމުގައި ކުދިން ގެންގުޅުމަކީ ޖެހިގެން އަންނަަ އަހަރަށް ކުދިންނަށް ކުރެވޭ ފަރިތަކުރުން ތަކެކެވެ. އީދުގައި ގޭގައި ލިއުމުގެ މުބާރާތެއް ބޭއްވުން ނުވަތަ ކިއުމުގެ މުބާރާތެއް ބޭއްވުން ކަހަލަ ކަމެއް ރާވާ އިނާމެއް ކަނޑައަޅައި ކުދިން މޯޓިވޭޓް ކޮށްގެން ކޮންމެ ދުވަހަކު ލިޔުއްވުމާއި ކިއުން ފަދަ ކަމެއްވެސް ކުރެވިދާނެއެވެ.

ކުދިން ގަޔާވާ ކަހަލަ ފޮތްތައް ހޯދައިދިނުން

ބައެއް ކުދިންނަކީ އާ މައުލޫމާތު ދަސްކުރާހިތްވާ ބައެކެވެ. އެފަދަ ކުދިންނަށް ޗުއްޓީގައި ކިޔާލަން ރަނގަޅު މައުލޫމާތު މުއްސަނދި ފޮތްތައް ހޯދައިދިނުން ރަނގަޅެވެ.

އާ މައުލޫމާތުތައް ދަސްކޮށް އެކަންކަމާމެދު ވިސްނާ ފިކުރު ހިންގަން ކުޑަކުދިން ޝައުގުވެރި ކުރުވިއްޖެނަމަ އެކުދިންގެ ވިސްނުން ތަރައްޤީވެ އާންމު މައުލޫމާތުވެސް މުއްސަނދި ވާނެއެވެ.

ކުދިންނާއި އެކީގައި ކިޔުން

ބައެއް ބެލެނިވެރިންނަކީ އާންމުކޮށް ވަރަށް ބިޒީ ބައެކެވެ. އެހެންނަމަވެސް ޗުއްޓީ ވުމުން ބެލެނިވެރިންވެސް ޗުއްޓީ ނަގައެވެ.

ޗުއްޓީގައި އުޅޭއިރު ކުދިންނާއެކު ކިޔުމަކީ ވަރަށް ބޮޑަށް ފައިދާ ކުރާނެ އަދި ފޫހިފިލާނެ ކަމެކެވެ.
އެހެން ގައުމުތަކުގެ ސަގާފަތްތަކާއި އިސްލާމީ ހަޟާރަތާއި ގުޅޭ އިބުރަތްތެރި ހާދިސާތަކާއި ތަފާތު ގައުމުތަކުގެ ކެއުންތައް ފަދަ މައުލޫތަކަށް ހުންނަ ލިއުންތައް ކިޔައިދެވިދާނެއެވެ. އަދި ޗުއްޓީއާއި ގުޅޭ އެތައް ފޮތެއްވެސް ހުންނާނެއެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

Haggu 01ޖުލައި2022

Varah salhi

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —