Advertisement
header ad
XeeTimesXeeTimes
އުމުރު ހަގުކޮށް މިއަހަރު ގުރޭޑު 1 އަށް ދާ ކުދިންނާމެދު ކަންބޮޑުވާ ސަބަބު! އިލްމާއި ހިލްމު

އުމުރު ހަގުކޮށް މިއަހަރު ގުރޭޑު 1 އަށް ދާ ކުދިންނާމެދު ކަންބޮޑުވާ ސަބަބު!

ދިރާސީ އާއަހަރު މިއަހަރު ފެށެނީ އޮގަސްޓު މަހުގައެވެ. މިއީ ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމަށް ގެނެވުނު ރަނގަޅު ބަދަލެކޭ ބުނެވިދާނެއެވެ. އަޅުގަނޑު ކަންބޮޑު މިވަނީ އެންމެ ކަމަކާއެވެ. އުމުރު ހަގުކޮށް ގްރޭޑް 1 އަށް ދާ ކުދިންނާއި މެދުގައެވެ.

ކޮވިޑުގެ ބަލިމަޑުކަމުގެތެރެއިން ފުރަބަންދަކަށްފަހު ގިނަ ދުވަސްތަކެއްގައި އޮންލައިންކޮށް ކިޔެވުމަށްފަހު ސްކޫލްތަށް ހުޅުވުމުން މައެއްގެ ހައިސިއްޔަތުން އަޅުގަނޑުވެސް ވަރަށް އުފާވިއެވެ. ސަބަބަކީ އޮންލައިންކޮށް ކިޔެވުމަށްވުރެ ސްކޫލަށް ހާޒިރުވެގެން ކިޔެވުމުން ކުދިންނަށް އަންނަ ބަދަލު ފެނިފައިވާތީއެވެ.

މިއަހަރު ވަރަށް ގިނަ ކުދިން އުމުރު ހަގުކޮށް ގްރޭޑް 1 އަށް ދާތަން ފެނެއެވެ. ލޮކްޑައުންގައި އޮންލައިންކޮށް ކިޔެވިކަމުގައި ވިޔަސް ސްކޫލް މާހައުލުން ލިބޭ ޢިލްމު އަދި ހުނަރު ނުލިބުމުން ކުރީގެ އަހަރުތަކުގަ ހަގުކޮށް ގްރޭޑް 1 އަށް ދާ ކުދިންނާ މިފަހަރު ގްރޭޑު 1 އަށް ދާ ކުދިން ތަފާތުވެދާނެއެވެ.

Article - in content
Advertisement

ކޮންމެ އުމުރަކީ ކުއްޖާ ހެދި ބޮޑުވުމުގައި އެތައް ތަޖުރިބާއެއް ކުރާ އުމުރެކެވެ. 7 އަހަރުގައި ކުއްޖާ ހެދިބޮޑުވުމުގައި އަދި ވިސްނުމާއި އުޅުން ތަރައްޤީ ވެފައިވާ ވަރަށް 6 އަހަރުގައި ކުއްޖާގެ ވިސްނުމާއި އުޅުން ތަރައްޤީ ނުވާނެއެވެ.

ނަމަވެސް 6 އަހަރު ފުރޭ ކުދިން ގްރޭޑް 1 އަށް ދިޔުމުން ކުއްލިއަކަށް ސްކޫލްގައި ހޭދަކުރަންޖެހޭ ގަޑި އިތުރުވެ، ޕްރީސްކޫލްގެ މާހައުލާއި މުޅިން ތަފާތު މާހައުލަކަށް ކުއްޖާ ހޭނެން މަޖުބޫރުވެއެވެ. މީގެ ސަބަބުން ކުއްޖާއަށް އަސަރުތަކެއް ކުރުވަފާނެއެވެ. ތަފާތު ސްކޫލަކަށް، ގިނަ ވަގުތުތަކަކަށް، އަދި ކިޔަވައިދިނުމުގައި ތަފާތު ގޮތްތަކަކަށް 6 އަހަރުގައި ކުއްޖާ ހޭނެން މަޖުބޫރުވެއެވެ.

މިކަމުގައި ސްކޫލްތަކުން އަދި ޓީޗަރުންނާއި ބެލެނިވެރިން ވިސްނުން މުހިންމެވެ. އެއް ސިލަބަހެކެވެ. ކިޔަވައިދިނުމުގައި އެއްބައިތަކެކެވެ. ނަމަވެސް މިކުދިންނަށް ފުރަބަންދުގައި ސްކޫލަށް ނުދެވުމުގެ ސަބަބުން ވަރަށްގިނަ އެހެން ބައިތައް ވަނީ ގެއްލިފައެވެ. އަވަހަށް ސިލަބަސް ނިންމަން ސްކޫލްތަކުން ބާރުނޭޅުން މުހިންމެވެ. ކުދިންނާއި އެކަށީގެންވާގޮތަށް ކިޔަވައިދިނުމުގެ ގޮތްތައް ބަދަލުކޮށްލުން މުހިންމުކަމަށް ދެކެމެވެ. ސިލަބަހުގައިވާ ބައިތައް ވަކިވަގުތަކަށް ނިންމުމަށްވުރެ އެކުދިންނަށް އެކިޔަވައިދޭ އެއްޗެއް ވިސްނޭގޮތަށް ވަގުތު ނަގައިގެން ކިޔަވައިދިނުމުން ޓިއުޝަންތަކަށް ކުދިން ދިޔުން މަދުވެދާނެކަމަށް ފެނެއެވެ. 

"އަޅުގަނޑުގެ ދަރިފުޅަށް 6 އަހަރު ފުރުނީ ޖޫންމަހު. އެކަމަކު އުމުރު ހަގުކޮށް ގްރޭޑު 1 އަށް މިއަހަރު ނުގެންގޮސްފިނަމަ އޭނާ 'ޑިމޯޓިވޭޓް' ވެދާނެ. އަދި ރައްޓެހިން ގެއްލިދާނެ. ނޫނީ ރައްޓެހިންނަށްވުރެ ދަށް ގްރޭޑެއްގައި ކިޔަވާތީ މަލާމާތް ރައްދުވެދާނެ." މިއީ ބެލެނިވެރިއަކު އުމުރު ހަގުކޮށް ގްރޭޑް 1 އަށް ގެންދާ ސަބަބު އަޅުގަނޑާއި ހިއްސާކުރި ގޮތެވެ. އެއް އުމުރެއްގެވެސް އެކިކުދިން ތަފާތުވެދާނެއެވެ. އެހެންކަމުން މިއީވެސް ވިސްނާލުން މުހިންމު ކަންކަމެވެ.

ޕްރީސްކޫލްގެ އެއް ލެވެލްގައި ކުއްޖާ ރިޕީޓް ކޮށްލުމަށްފަހު ގްރޭޑް 1 އަށް 7 އަހަރު ފުރުމުން ގެންދިޔުންތޯ ނުވަތަ 6 އަހަރުގައި ގްރޭޑް 1 އަށް ގެންދިޔުންތޯ ރަނގަޅުވާނީ މިއީ ވަރަށް ގިނަ ބެލެނިވެރިން އުފައްދާ ސުވާލެކެވެ.

ގްރޭޑް 1 އަށް ކުއްޖާ ގެންދަން ނިންމުމާއެކު ދެން އޮތީ ސްކޫލުން ކިޔަވައިދޭ ބައިތަކާއި ހޯމް ވޯކާއި، ޓިއުޝަން އަދި އެ ގިނަ ވަގުތަށް ކުއްޖާ ސްކޫލްގައި ބަހައްޓަން ތައްޔާރުކުރަން ބެލެނިވެރިއެއްގެ ހައިސިއްޔަތުން ވިސްނާލުމެވެ. ކުއްޖާއަށް ބުރަ ނުވާ ގޮތަށް ކިޔެވުމުގެ ތެރޭގައި ގެންގުޅުމެވެ. 

އުމުރު ހަގުކޮށް ކުއްޖާ ގްރޭޑް 1 އަށް ފޮނުވާލުމުގެ ބަދަލުގައި 7 އަހަރުގައި ގްރޭޑް 1 އަށް ގެންދިޔުމުން، ކުދިންގެ އުމުރާއި ގުޅޭގޮތަށް ކުއްޖާގެ ވިސްނުމާއި އެއްގޮތަށް ކުއްޖާ ކުރިއަށް ދާން މަގުފަހިކޮށްދިނުމުން މުސްތަޤްބަލުގައި ރަނގަޅުވާނެކަމަށް ދެކެމެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

Name 02ޖުލައި2022

Varah dhera ko ministry in kura kame Thee , faade ge circular e nere eyge gavai dh u hadha kujja 7 nufiren ya nudheve 1 ka hama ehenve me nasry ve s repeat kuruva eba konme kujje ge ves umurun gelle dhuvaha ker hama hitham veri kame varah varah dhera 2

Khadhee 02ޖުލައި2022

Alhugandu dharifulhu schoolah lee hagukoh ehves massalayeh dhimayeh nuvey 1

Fary 02ޖުލައި2022

Hagukoh grade 1 kah kudhin vehdhumaky massalaeh noon eyahvure kanboduvaanbjehey eh gradehga madu kuruvaa ekudhinge umurun beykaaru dhuvas thakeh vegen dhiyakamaa medhu 3

Faathima 02ޖުލައި2022

Asluves,irukolhaa,3 iru Kaa beys gulhaeh hen, education in kudhin schoolah ah vahdhaa gothah badhal geney eba, aharemen mijeheny mihaaru dhen Kon month ehgathi viheema,kujjaa ahareh negelli nimeynee,😜😜aharuge medhu therein chutty lee konbayakah faseyha vaane kamakah,😡 5

Mammi 02ޖުލައި2022

August GA alhuganduge dharifulhu dhani grade 3 ah April GA 9 year vee so grade 3ga huhtaa 10 years vaanee.mikudhin school 12 nimey iru thibeyni 19 aharu furifa.kureega Inna gothun Nama 12 nimeyni18 aharun so mi kudhinge umurun one year eba gehlley dw Migothah aharu medhuthereah chuhtee lumuge sababun v Gina goih gothun gehlun vey mee migothah habareh genes dheyn maa muhinmu topic eh kanneyge 10

Huh 02ޖުލައި2022

Majaa vaahaka eba dhakkaaa. Meekee alah vaa kameh noon 1 2

Jil 02ޖުލައި2022

Preschool on primary ah grade 1 ah dhaa vaahaka mi article ga inee. Konme grade akahvves umuru hagukoh gendhiyumun gellunves vedhaane noonee baeh kudhinnah faidhaaves vey 4

KiyAlA 02ޖުލައި2022

Article ga ebain dheththo mi aharu dhaakudhinnaai medhu kanboduvaa sababu. Ehen aharu thaksa mi aharu thafaathu vaahaka. 4 1

Anonymous 01ޖުލައި2022

Grade ekakah dhaa kudhinge eh nun Hama ekani umuru haguvaaniki 2

Aish 01ޖުލައި2022

Meege kurin ves grade 1 akah dhaner 6 ahari furi 7 aharu nufurey kudhin adhi 6 aharu nufurey kudhin ves dhey. Alah gr1 fashaa iru gadi ves madhun fashanee kudhin adjust van dhen. Lockdown AA hedhi kiyevun medhun kendi gr1 ge level ah dhevifa nei kudhin rangalhee gr 1 ah nigendhiun. Namaves 7 aharu nufurey thee ey kiyaafa gr1 nugendhiun e ves rangalhu gotheh noon. u 8 1

Anonymous 01ޖުލައި2022

Mi varuge kudhin tution ah fonuvanee Kon kameh haasil kuranbaa 10 2

Anonymous 01ޖުލައި2022

Kurinves grade 1 ah dhany 6 aharu furi 7 aharu nufurey kudhin 28 1

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —