މާކެޓަރސް ސަމިޓް – 2023 ބޭއްވީ މި ފެބުރުއަރީ މަހުގެ 17 އިން 18 އަށް މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގެ އޮޑިޓޯރިއަމްގަ އެވެ. އިނގިރޭސިވިލާތުގެ ޗާޓަރޑް އިންސްޓިޓިއުޓް އޮފް މާކެޓިން (ސީއައިއެމް) އާއި ގުޅިގެން މާކެޓިން ދާއިރާގެ ފަންނީ މީހުންނަށް ޚާއްސަކޮށްގެން ބޭއްވި މި ސަމިޓަށް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ.

މި ސަމިޓުގައި މާކެޓަރސްގެ އިތުރުން ޕަބްލިކް ރިލޭޝަންސް، އެޑްވަރޓައިޒިންގ، ވީޑިއޯ އަދި ފޮޓޯގްރަފީ، ސޯޝަލް މީޑިއާ އިންފްލުއެންޒަރސް، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގައި މަސައްކަތްކުރާ 300 މީހުން ވަނީ ބައިވެރިވެފައެވެ.
ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ތަޖުރިބާކާރުން ބައިވެރިވެ މާކެޓިންގ އާއި ގުޅޭ މުހިންމު މައުލޫމާތުތަކެއް ވަނީ ހިއްސާކޮށްފައެވެ. މިގޮތުން ޕްރެޒެންޓޭޝަން، ޕެނަލް ޑިސްކަޝަންގެ އިތުރުން ވާދަވެރިކޮށް 4 ގުރޫޕަށް ބަހާލައިގެން ކުރިއަށްގެންދިޔަ މާކެޓިންގ ޕްލޭން އަދި ސްޓްރެޓެޖީ ތައްޔާރުކުރުން ފާހަގަކުރެވެއެވެ.
މާކެޓިންގ އާއި ގުޅޭ މުހިންމު މައުލޫމާތުތަކެއް ފޯރުކޮށްދިން ބޭފުޅުންގެ ތެރޭގައި:
ޑރ. ރޮހާންތާ އަތުކޮރަލާ، ޕްރެޒިޑެންޓް، ކްލޫޓްރެކް – ރާއްޖެ އަދި ޕާކިސްތާން
ޑރ. މާރިއާ ފްރަންޖީ – ފައުންޑަރ އަދި ސީއީއޯ، ސޯޝަލްޕްރައިސް
ޑރ. ސަޗިން ބަންސަލް – ފައުންޑަރ، ސިޓީ އެކްސްޕްލޯރަރސް
ޑރ. ހުސެއިން ސަނީ އުމަރު – ފައުންޑަރ މޯލްޑިވްސް ހަލާލް ޓްރެވަލްސް
އަހްމަދު މުނައްވަރު – ޑީން، ކުއްލިއްޔާ އޮފް އިކޮނޮމިކް އެންޑް މެނޭޖްމަންޓް ސްޓަޑީޒް، އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް
މެއިސާ އައްސާފް – ފައުންޑަރ މެއިސާ އައްސާފް އެކަޑަމީ
އޮނާލިއާ ދިސަޔަނަކަ- ކަންޓްރީ ހެޑް (ސްރީލަންކާ އަދި ދިވެހިރާއްޖެ) ސީއައިއެމް ޔޫކޭ
އަހްމަދު ފަޔާޒު ހަސަން، ވައިސް ރެކްޓަރ، އެވިޑް ކޮލެޖު
އިޔާޒް ވަހީދު، ޔުނިވަރސަލް ފައުންޑޭޝަންގެ ޕްރެޒިޑެންޓް
އަބްދުއްރަހްމާން މުބާރިކް- ޑީން، މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ
މަރްޔަމް މާއިޝާ- ޑިރެކްޓަރ އޮފް ސޭލްސް އެންޑް މާކެޓިންގ، ހައިރައިސް ޕްރައިވެޓް ލިމިޓެޑް
މުހައްމަދު ނާސިހް – ކޯ ފައުންޑަރ، ރެޒޫމޯ މޯލްޑިވްސް
ނިއުޝާދު ޝަރީފް، ޑިރެކްޓަރ މާކެޓިންގ އެންޑް ސޭލްސް، އެޗްޑީސީ
އާމިނަތު ޒާދީ، އޯނަރސް ރެޕްރެޒެންޓޭޓިވް، ބްރެނިއާ
އަބްދުﷲ ނާފިޒް، ޑީން، ފެކަލްޓީ އޮފް ބިޒްނަސް މެނޭޖްމަންޓް

މީގެ އިތުރުން މާކެޓިންގ އަދި ފައިނޭންސް ދާއިރާގެ ތަޖުރިބާހުރި ބޭފުޅުން ވަނީ އެ ބޭފުޅުންގެ ތަޖުރިބާ ބައިވެރިންނާއި ހިއްސާކޮށްފައެވެ. ބައިވެރިންގެ ސުވާލުތަކަށް މިބޭފުޅުން ޖަވާބު ދެއްވާފަވާއިރު މިއީ ތަފާތު ކުންފުނިތަކުގަ މަސައްކަތް ކުރާ މީހުން އެއްތަނެއްގައި ތިބެގެން ތަޖުރިބާ ހިއްސާކޮށް އިތުރު މައުލޫމާތު ހޯދުމަށް ލިބުނު އަގުހުރި ފުރުސަތެކެވެ.

ޖުމްލަ ބައިވެރިންގެ %20 ފަރާތްތަކަކީ ކުންފުނިތަކުގެ އެގްޒެކްޓިވް ކެޓަގަރީގައި މަސައްކަތްކުރާ ފަރާތްތަކަށް ވާއިރު %70 އަކީ ސީނިއަރ ނުވަތަ މިޑްލް މެނޭޖްމަންޓުގައި މަސައްކަތްކުރާ ފަރާތްތަކެވެ. މި ދާއިރާއިން ޑިގްރީ ފެންވަރަށް ކިޔަވަމުންދާ ދަރިވަރުން ނުވަތަ އިންޓަރންސްގެ ގޮތުގައި މަސައްކަތްކުރާ ދަރިވަރުން މި ސަމިޓުގެ ބައިވެރިންގެ 10 އިންސައްތަ ހިއްސާކުރިއިރު މި ހުރިހާ ފަރާތެއް އެއްފުރާޅެއްގެ ދަށުގައި ތިބެގެން މިފަދަ ބައްދަލުވުމެއް ކުރިއަށްގެންދިއުމަކީ ވަރަށް މަދުން ނޫނީ ނުލިބޭނެ ފުރުސަތެކެވެ.

މާކެޓަރސް ސަމިޓް ނިންމުމުގެ ރަސްމިއްޔާތު (ގާލާ ނައިޓް) ވަރަށް ކުލަގަދަކޮށް ބާއްވާފައި ވަނީ ހުޅުމާލެ ފޭސް 2 ގައި ހުންނަ ފަރުކޮޅުފުށީގަ އެވެ. މި ރަސްމިއްޔާތުގައި ވަނީ މި ސަމިޓްގެ ސްޕޮންސަރުންނާއި ޕާޓްނަރުންގެ އިތުރުން ވޮލަންޓިއަރުންނަށް ސެޓިފިކެޓް ހަވާލުކޮށް ބައިވެރިންގެ ތެރެއިން ގުރުއަތުން ހޮވުނު ފަރާތްތަކަށް އިނާމް ވެސް ހަވާލުކޮށްފައެވެ.

މާކެޓަރސް ސަމިޓް އިންތިޒާމް ކޮށްފައިވަނީ ބިޒްޓޯކް، ގްލޯބްޓެކް، މެޕްސް އެންޑް ވޮގްސް (ގަތަރު)، ފިނެކް އިންސްޓިޓިއުޓް ފޮރ ޑިވެލޮޕްމެންޓް (ފިޑްސް) އަދި އައިޑިއާ އެސޯސިއޭޓްސް އެވެ.
ނޯޓް: މާކެޓަރސް ސަމިޓްގެ އޮންލައިން ޕާޓްނަރ އަކީ 'ޒީޓައިމްސް' އެވެ.