September 19, 2024 06:20
Advertisement

-Advertisement-

އެންމެނަށް އެނގޭ ބޮޑު ސިއްރު: ފެސިލިޓޭޓަރުން ތަމްރީން ކުރަނީ!

"ސޮނެވާ ނަމޫނާ" އިން ސޯޝަލް މީޑިއާގައި ހާމަކޮށްފައިވާ ގޮތުގައި ނ. އަދި ބ. އަތޮޅުގައި ޝައުގުވެރިކަން ހުރި ފަރާތްތަކަށް އަމާޒުކޮށްގެން "އެންމެނަށް އެނގޭ ބޮޑު ސިއްރު"ގެ ފެސިލިޓޭޓަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

" އެންމެނަށް އެނގޭ ބޮޑު ސިއްރު" (އީއީބީއެސް) އަކީ އަންހެނުންގެ މައްސަރު ދުވަސްވަރުގެ ކަންތައްތަކާއި އާދަތައް އަމިއްލަ ސިއްހަތާއި ތިމާވެއްޓަށް އެންމެ ބޮޑަށް މަންފާ ވާނެ ގޮތަށް ބައްޓަންކުރުމުގެ މައުލޫމާތާއި ޢިލްމު ފޯރުކޮށްދިނުމުގެ މަޤްސަދުގައި "ޔޫއެންއެފްޕީއޭ"، "ޒީރޯ ވޭސްޓް މޯލްޑިވްސް" އަދި "ސޮނެވާ ނަމޫނާ" ގުޅިގެން ހިންގާ ޕްރޮގްރާމެކެވެ.

 އޮކްޓޯބަރ 11 އިން 18 އަށް ބ. ދަރަވަންދޫގައި ހިންގުމަށް ހަމަޖެހިފައިވާ މި ތަމްރީން ޕްރޮގްރާމްގައި ބައިވެރިވާން ޝައުގުވެރިކަން ހުރި އަންހެން އަދި ފިރިހެން ބޭފުޅުންނަށް ނަން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މި ތަމްރީންގައި ބައިވެރިވުމުގެ ދަތުރު، ހުރުން އަދި ކެއުމުގެ އިންތިޒާމުތައް ހަމަޖައްސާނީ ޕްރޮގްރާމުގެ ފަރާތުންނެވެ. ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ 19 ސެޕްޓެންބަރ 2024 އެވެ.

Advertisement

ތަމްރީންގައި ހިމެނޭ ބައިތައް:

  • އިސްރާފު މަދުކުރުމުގެ ފަލްސަފާ
  • ދަރިމައިވުމުގެ ސިއްހަތާއި މައްސަރު ސައިކަލް
  • މައްސަރު ދުވަސްވަރުގެ ދުޅަހެޔޮކަމަށް ދިރިއުޅުން ބައްޓަންކުރުން
  • މައްސަރު ދުވަސްވަރުގެ ދުޅަހެޔޮކަމަށް ދިރިއުޅުމުގެ ވައްޓަފާޅި
  • މައްސަރުކަންތައް މެނޭޖުކުރުމަށްޓަކައި ބޭނުންކުރާނޭ ދެމެހެއްޓެނިވި ތިމާވެއްޓާއި ރައްޓެހި ތަކެތި

ތަމްރިންގައި ބައިވެރިވެވޭނެ ޝަރުތުތަކަކީ، އަންހުނުުން ބާރުވެރިކުރުމާއި ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތްތަކަށް ޝައުގުވެރިކަން ހުރުމުގެ އިތުރަށް ދިވެހި އަދި އިނގިރޭސި ލިޔަން ކިޔަން އެނގުމެވެ. އަދި ތަފާތު ވިސްނުމުގެ މީހުންނާއި ގުޅިގެން އުޅެން އެނގުމެވެ.

2022 ވަނަ އަހަރު ވެސް ވަނީ ނ. އަތޮޅާއި ބ. އަތޮޅުގެ 9 ރަށެއްގައި މި ޕްރޮގްރާމް ހިންގައި 200 އަށްވުރެ ގިނަ އަންހެނުންނަށް މައްސަރު ކަންތައްތައް ދެމެހެއްޓެނިވި ގޮތެއްގައ ބައްޓަންކުރާނެގޮތުގެ މަޢުލޫމާތު ފޯރުކޮށްދީފައެވެ.

+1
0
+1
0
+1
1
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް