Advertisement
header ad
XeeTimesXeeTimes
ބޮޑު ޗުއްޓީގައިވެސް ބޭނުންވާ ކުދިންނަށް މިޒާ އިންސްޓިޓިއުޓުން އޯލެވެލް ޓިއުޝަން ދެނީ! އިލްމާއި ހިލްމު

ބޮޑު ޗުއްޓީގައިވެސް ބޭނުންވާ ކުދިންނަށް މިޒާ އިންސްޓިޓިއުޓުން އޯލެވެލް ޓިއުޝަން ދެނީ!

މިއީ އަހަރުގައި އަންނަ ދަރިވަރުންގެ ބޮޑު ޗުއްޓީއެވެ. ޗުއްޓީ ދުވަސްވަރުވެސް އޯލެވެލް އަށް ތައްޔާރުވާ ދަރިވަރުން ދަނީ ރަނގަޅު ނަތީޖާއެއް ހޯދުމަށް ފިލާވަޅުތައް އުނގެނުމަށް މަސައްކަތް ކުރަމުންނެވެ.

ހުޅުމާލެ ފޭސް 2 ގައި ހުންނަ މަޝްހޫރު ޓިއުޝަން ސެންޓަރު 'މިޒާ އިންސްޓިޓިއުޓް' އިން ދަނީ އޯލެވެލް އަށް ޚާއްސަ ކޮށްގެން ބޮޑު ޗުއްޓީގައިވެސް ޚާއްސަ ކުލާސްތަކެއް ނަގައިދެމުންނެވެ.

ހުޅުމާލެ ފޭސް 2 ގެ ވިނަރެސް ޓަވަރު 1 އަދި ހިޔާގެ އޮރެންޖު ޓަވަރުގައި ހުންނަ މިޒާ އިންސްޓިޓިއުޓް އަކީ ތަފާތު މާއްދާތަކުގެ ތަޖުރިބާކާރު މުދައްރިސުން ކިޔަވައިދޭ ޓިއުޝަން ސެންޓަރެކެވެ.

Article - in content
Advertisement

ދަރިވަރުންނަށް ރައްކާތެރިގޮތަށް ފަރުމާކޮށްފައިވާ ކުލާސްތަކުގައި މިޒާ އިންސްޓިޓިއުޓްއިން ޓިއުޝަން ދެނީ ރަނގަޅަށް މޮނިޓަރ ކުރެވޭ ގޮތަށެވެ. ގިނަވެގެން ކުލާހެއްގައި 8 ކުދިން ތިބޭއިރު ބައެއް މާއްދާތަކުން ޕްރެކްޓިކަލް ކުލާސްތައްވެސް ނަގައިދެއެވެ.

ހަފްތާ ބަންދުގައިވެސް ކުލާސްތައް ނަގައިދޭއިރު މިޒާ އިންސްޓިޓިއުޓްގެ ބޭނުމަކީ އޯލެވެލް ހަދާ ދަރިވަރުންނަށް ރަނގަޅު ނަތީޖާ ހޯދައިދިނުމަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ދިވެހި އިސްލާމް މާއްދާތައްވެސް ހިމެނޭގޮތަށް ހުރިހާ މާއްދާއަކުން ޓިއުޝަން ދެމުން އަންނަ މިޒާ އިންސްޓިޓިއުޓްއިން ސްކޫލު ބަންދުގައި އޯލެވެލްއަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ ކުލާސްތަކާއި ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ 7333636، 73335335 އަދި 7770953 މި ނަންބަރަށެވެ.  

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —