އޮނުގަނޑުތޮޅިއަކީ ރާއްޖޭގެ ކަނޑުފަޅުތަކުގައި އުޅޭމަހެކެވެ. މިއީ އާންމުކޮށް ދިވެހިން ކައިއުޅޭ ބާވަތެއްގެ މަހެއް ނޫނެވެ. މި ބާވަތުގެ މަހުގެ ހޮޅިއެއްގެ ބައްޓަމަށް ހުންނަ ތުންގަނޑު ގިނަ މަސްމަހާއި ޚިލާފަށް ދިގެވެ. ގާތަގަނޑަކަށް އެއް މީޓަރު ދިގުމިނަށް ބޮޑުވެއެވެ.
މި މަހުގެ އެންމެ ތަފާތު އެއް ސިފައަކީ ކުޑަ އަނގައެއްގައި ދިގު ހޮޅިއެއްގެ ބައްޓަމަށް ތުންގަނޑު ހުރުމެވެ. މި މަހުގައި ހުންނަނީ ފެހި، ކަޅު، އަޅިކުލަ އާއި މުށި ކުލައެވެ. ބަނޑުދަށްފަރާތު ކޮތަރިބައި ހުންނަނީ ވަރަށް ފަނޑު ރަތްކުލައެއްގައެވެ.
މަހުގެ ދެފަރާތުގައި ކަޅުކުލައިގެ ރޮނގުތަކެއް ހުރެއެވެ. މަހުގެ ކުލައަކީ ވަށައިގެންވާ މާހައުލާ އެއްގޮތް ކުލައެއްކަމުން ފަސޭހައިން ކުދިމަސްތައް ޝިކާރަކޮށްލެވެއެވެ. މި މަހުގެ ހަންގަނޑުގައި ހުޅުނބެއް ނުހުރެއެވެ. ނަމަވެސް ހަމުގައި ވަރަށް ކުޑަ ރާޅުކަމެއް ހުރެއެވެ. މަހުގެ މަތީ ކޮތަރިބަޔާއި ބަނޑުދަށްފަރާތު ކޮތަރިބައި ހުންނަނީ މަހުގެ ދެފަރާތުން ދިމާވާގޮތަށް މަހުގެ ނިގޫފަތާ ވަރަށް ކައިރީގައެވެ.
ބުރަކަށިމަތީ ކޮތަރިބައިގައި 15 އާއި 17 އާ ދެމެދުގެ އަދަދަކަށް މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 14 އާއި 12 އާ ދެމެދުގެ އަދަދަކަށް މަޑުކަށިހުރެއެވެ.
މިއީ ކުދިއައިން ހަދައިގެންނާއި އެކަހެރިކޮށްވެސް ފެންނަ މަހެކެވެ. ފަޅުތެރޭގައި ހުންނަ ކުދި މަސްމަހާމެހި ޝިކާރަކޮށްގެން ކައިއުޅޭ މަހެކެވެ.
މަސްދަރު: ފިޝްބޭސް









