Advertisement
header ad
XeeTimesXeeTimes
އުގެއިލް ފައުންޑޭޝަނާއި ގުޅިގެން އިލްމާއި ހިލްމުގެ ނަމުގައި އާ ކެޓަގަރީއެއް ފަށަނީ! އިލްމާއި ހިލްމު

އުގެއިލް ފައުންޑޭޝަނާއި ގުޅިގެން އިލްމާއި ހިލްމުގެ ނަމުގައި އާ ކެޓަގަރީއެއް ފަށަނީ!

އުގެއިލް ފައުންޑޭޝަނާއި ގުޅިގެން ޒީޓައިމްސް ވެބްސައިޓްގައި އިލްމާއި ހިލްމުގެ ނަމުގައި އާކެޓަގަރީއެއް ފެށުމަށް ވަނީ ނިންމައިފައެވެ. މި ކެޓަގަރީގެ ދަށުން ތައުލީމާއި، ސައިންސާއި، ޓެކްނޮލޮޖީއާއި ގުޅުންހުރި ބޭނުންތެރި މައުލޫމާތުތަކެއް ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މިގޮތުން އުގެއިލް ފައުންޑޭޝަނާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެން ކުރިއަށްގެންދާ 'ދަ ސަރކްލް ބައި އުގެއިލް ފައުންޑޭޝަން' އިން އޮންލައިންކޮށް ކުރިއަށްގެންދާ ޕްރޮގްރާމްތައް ކަމުގައިވާ 'ކޯޑިން އެންޑް ކްރިޓިކަލް ތިންކިން' އާއި 'ލީޑަރސް އޮފް ޓްމޯރޯ' ގައި ބައިވެރިވާ ކުދިންގެ ހާއްސަ ޕްރޮފައިލް ރިޕޯޓްތަކެއް ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތަށް ޕްރޮފައިލް ގެނެސްދިނުމުގެ އެންމެބޮޑު ބޭނުމަކީ މިފަދަ ދާއިރާތަކުން ކުރިއަށްދާން ބޭނުންވާ ދަރިވަރުންނަށް ބޭނުންތެރި މަޢުލޫމާތުތަކެއް ގެނެސްދީ، ހުނަރުވެރި ދަރިވަރުންކުރާ މަސައްކަތުގެ އަގު ވަޒަންކުރުމެވެ.

މިފުރުސަތުގައި އުގެއިލް ފައުންޑޭޝަންގެ ރައީސް ޕްރޮފެސަރ ޑރ. ހަސަން އުގެއިލް އަށް ޝުކުރު ދަންނަވަމެވެ. އަދި މިކެޓަގަރީގެ ސަބަބުން ކިޔުންތެރިންނަށް ބޭނުންތެރި މައުލޫމާތުތަކެއް ލިބިގެންދާނެ ކަމަށް އުންމީދުކުރަމެވެ.

Article - in content
Advertisement
Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —